ވައިސްރޯއީ މޯލްޑިވްސް ރިސޯޓް ރީބްރޭންޑްކޮށް އަލުން ހުޅުވައިފި

ވައިސް ރޯއީ މޯލްޑިވްސްގެ ނަމުގައި ށ. ވަގަރުގައި ހިންގަމުން ދިޔަ ރިސޯޓުގެ ރީބްރޭންޑްކޮށް އަލުން ހުޅުވައިފިއެވެ.

"ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް" ގެ ނަމަށް ރީބްރޭންޑް ކޮށް އެ ރިސޯޓް އަލުނ ްހުޅުވާފައިވާ އިރު، ޕްރައިވެޓް ޕޫލްތަކާއެކު 60 ވިލާ ވަނީ ހަދާފައެވެ. އަދި ކިޑްސް ކުލަބަކާއި، ވޯޓާ ސްޕޯޓްސްގެ އިތުރުން ދުނިޔޭގައި މަޝްހޫރު ފަސް ރެސްޓޯރެންޓެއް މި ރިސޯޓްގައި ހުރެއެވެ.

މި ރިސޯޓް ހިންގަމުން އަންނަ މެރިއޮޓް އިންޓަނޭޝަނަލް އަކީ ދުނިޔޭގެ އެންމެ ބޮޑެތި ހޮޓެލް ޗެއިންތަކުގެ ތެރެއިން ތިންވަނައިގައި ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނިންގ ދުނިޔޭގެ 131 ގައުމެއްގައި ވަނީ އިންވެސްޓްކޮށްފައެވެ.

ރާއްޖޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ރިސޯޓްތައް ދަނީ ހިންގަމުންނެވެ އަދި ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ އެވޯޑްތައް ރާއްޖޭގެ ރިސޯޓްތަކަށް ދަނީ ލިބެމުންނެވެ.

ފަތުރު ވެރިކަމުގެ ދާއިރާއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދައިދޭ އަދި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އަންނަ ދާއިރާއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ