ނެޓްފްލިކްސް އިން 2004 އަހަރު ނެރުނު "ނޯޓުބުކް" ގެ ނިމުމާއި މިހަފްތާގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި "ނޯޓުބުކް" ގެ ނިމުމާ ތަފާތުވެފައިވާތީ އެއީ ކިހިނެއް ދިމާވި ކަމެއްތޯ ބަލަމުންދާކަމަށް ނެޓްފްލިސްއިން ބުނެފިއެވެ.
2004 ވަނަ އަހަރު ނެޓްފްލިކްސް އިން ނެރުނު "ނޯޓުބުކް" މިހަފްތާގައި އޮންލައިންކޮށް ސްޓްރީމްކޮށްފައިވާއިރު މިއޮންލައިން ސްޓްރީމްގެ ނިމުން ފެނި ސަޕޯޓަރުންވަނީ ވަރަށް ބޮޑަށް ހައިރާންވެފައެވެ. އަދި ބައެއް ސަޕޯޓަރުން މިނިމުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޓްވިޓާގައި ތަފާތު ޕޯސްޓްތައްދަނީ ކުރަމުންދެއެވެ.
މިފިލްމުގެ ސަޕޯޓަރުންނަށް ލިބިފައިވާ ކޮޕީގައި އެލީ އަދި ނޯއާ ހޮސްޕިޓަލްގެ އެދެއްގައި ދެމީހުންގެ އަތްގުޅާލައިގެން އޮވެ މަރުވާތަން ދައްކާއިރު، ނެޓްފްލިކްސް އިން ފަހުން ސްޓްރީމްކުރި ކޮޕީގެ ނިމުމުގައި އެލީ އަދި ނޯއާވެސް މަރުވާތަން ދައްކާފައިނުވެއެވެ. ފެންނަނީ މިދެމީހުން އަތްގުޅާލައިގެންއޮވެ އަޖައިބުތަކާ ބެހޭގޮތުން ވާހަކަދައްކާތަނެވެ. ދެން ފެންނަނީ ކޯރެއްމަތިން ދޫނިތަކެއް އުދުހިގެންދާ މަންޒަރެވެ.
ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި "ނޯޓުބުކް" އެޑިޓްކުރީ ނެޓްފްލިކްސްއަކުން ނޫނެވެ. އަދި "ނޯޓުބުކް" ގެ ދެ ވާޝަންއެއް އުޅޭކަމަށާއި އެއީ ކިހިނެތް ކިހިނެތް ހިނގާފައިވާ ކަމެއްތޯ ބަލަމުން އަންނަކަމަށެވެ.
މިކަމާއި ގުޅިގެން "ޓުޑޭ' ޝޯގައި މިފިލްމުގެ ވާހަކަ ލިޔުނު ނިކޮލަސް ސްޕާކްސްއާ ސުވާލުކުރުމުން ބޮޑަށް ކަމުދަނީ ކުރީގެ ނިމުންކަމަށް ބުނެފައިވެއެވެ.
އަނެއްކާ ނެޓްފްލިކްސް އިން "ނޯޓުބުކް" ގެ އާ ބައެއް ނެރުމަށް ތައްޔާރުވަނީބާއެވެ؟




