ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ވޭން އެއް ކޮންޓްރޯލް ނުވެގޮސް ކޮންކްރީޓް ބްލޮކް ފެންސްގައި ޖެހި އެކްސިޓެންވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މި އެކްސިޑެންޓް ހިންގާފައިވާ ކަމުގެ މަޢުލޫމާތު އެފަރާތަށް ލިބިފައިވަނީ މިއަދު 15:50 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓްވި ވޭން އަށް ވަނީ އެކި ވަރުގެ ގެެއްލުން ލިބިފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓް ހިނގިވަގުތު ވޭން ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.




