ރާއްޖެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓް އަތުލައިގަނެފި

ރާއްޖޭގެ އުތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތީޞާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަން އުޅުނު އަވަށްޓެރި ސްރީލަންކާގެ ދެ މަސްބޯޓު އަތުލައިގެނެފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މި ދެ ބޯޓް އަތުލައިގަތީ އެމްއެންޑިއެފް ކޯސްޓްގާޑް ޝިޕް ހުރަވީ އިން ކަމަށާއި، ބީޓުތައް އަތުލައިގަތް އިރު އޮތީ ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭރު ބޭރުގައި، ރާއްޖޭގެ އީއީޒެޑް އިން ޤަޥާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އަތުލައިގަތް ލަންކާގެ ދެ ބޯޓު ހދ. ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޯޓުތައް ކުޅުދުއްފުއްޓަށް ގެނެވޭނެ ގަޑިއެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.

ލަންކާގެ ދެ މަސްބޯޓް ރާއްޖެ ސަރަހައްދުން އަތުލައިގަތްއިރު، ރާއްޖޭގެ މަސް ދޯންޏެއް މަލިކު ކައިރިން މަސްވެރިކަން ކުރަނިކޮށް ދާދިފަހުން އިންޑިއާ ސިފައިންވެސް ހިފަހައްޓާފައިވެއެވެ. ނަމަވެސް އެ ދޯނި އިންޑިއާއިން ވަނީ ދޫކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ