ދުންފަތުގެ އިސްތިޢުމާލުކުރުން ދީނުގައި ހުއްދައެއް ނޫން - ޚުޠުބާ

އިންސާނިއްޔަތު ދުށް އެންމެ ނުރައްކާތެރި އެއް ވަބާއަކީ ދުންފަތްކަމަށް އަދުގެ ހުކުރު ޚުތުބާގައި ވިދާޅު ވެއްޖެއެވެ. ދުންފަތަކީ އެތަކެއް އިންސާނުންގެ ފުރާނަ އާއި ގިނަގުނަ މުދާ ފަނާކުރަމުންދާ ވަބާއެއް ކަމަށާއި އެއީ މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދުންފަތުގެ ވަބާއަކީ ޞިއްޙަތަށް ނުހަނު ގެއްލުންހުރި ވަބާއެއްކަމަށާއި، ދުންފަތުން އިންސާނާގެ ފުއްޕާމެޔާއި، އަނގަޔާއި، ދުލާއި، ރަޙިމާއި، ގޮހޮރުގެ ކެންސަރު ފަދަ ބަލިތައް ޖައްސާކަމަށާއި އެކަމުގެ ސަބަބުން މުޅި ޢުމުރަން އިންސާނާ ނުކުޅެދުންތެރިއަކަށް ހަދާލާކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ދުންފަތުން ގެއްލުންވަނީ އަމިއްލަ ނަފްސަށް އެކައްޏެއް ނޫނެވެ. އެކުގައި އުޅޭ އެތައް ބައެއްގެ ސިއްޙަތަށް ދުންފަތުގެ ސަބަބުން ގެއްލުންލިބި، އެންމެ ފަހުން ލޯބިވާ އަނބިދަރިންނާއި ގެދޮރާއި މުދާ ދޫކޮށް ދުނިޔެއާއި ވަކިވާން ޖެހިދެއެވެ.

އިންސާނާ ބޮޑު ޚަރަދުކޮށްފައި ގަންނަ ދުންފަތުގެ ތަފާތު ބާވަތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއްވަބާއަކީ ސިނގިރޭޓެވެ.

ރާއްޖޭގެ ގިނަ މީހުން އެކި ބަލިތަކުގައި މަރުވާން ދިމާވާ އެންމެ ބޮޑު އެއްސަބަބަކީ ދުންފަތްކަމަށްވާއިރު، ދުންފަތާއި ސިނގިރޭޓްފަދަ ތަކެއްޗަކީ ނިކޮޓިން ފަދަ ވިހަގަދަ މާއްދާތައް އެކުލެވިގެން އުފައްދާފައިވާ ތަކެއްޗެވެ. އެއެއްޗެއް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ލިބޭ ކޮންމެ އެއްޗެއް ބޭނުން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްނޫނެވެ. އަދި ދުންފަތް ފަދަ ގެއްލުން ހުރި ތަކެތި ބޭނުންކޮށް އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުމަކީވެސް އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ ގެއްލުމަކަށްވާއިރު ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ އިންނާއި، ޞިއްޙީ ޑޮކްޓަރުން އެކަންވަނީ ސާބިތުކޮށްދީފައެވެ. މިހެންވެ ދުންފަތަކީ އިންސާނާގެ ނަފުސުގެ ހިމޭން ޤާތިލެއްކަން ހަމަ ބުއްދި ހުރި ކޮންމެ މީހަކުވެސް އެއްބަސްވާނެއެވެ.

މިއަދު ރާއްޖޭގައި އެންމެ ހަގު ޢުރުފުރާއިން އިން ފެށިގެން ދޮށީ ޢުމުރުފުރާގެ މީހުންނަށް ދާންދެން، އެއީ މޮޅުކަމެއް ކަމުގައްޔާއި ރީތި އާދައެއްކަމުގައި ދެކިގެން ދުންފަތުގެ އިސްތިޢުމާލުކުރަމުންދާއިރު ﷲ ތަޢާލާގެ ވަޙީ ބަސްފުޅާމެދު ވިސްނާލިންތޯއެވެ؟

މާތް ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ މާނައިގައިވަނީ "އަދި ޝައިޠާނާ، އެއުރެންނަށް އެއުރެންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ތަންދޮރު ދަންނަ ބައެއް ކަމުގައި އެއުރެން ވިއަސްމެއެވެ."

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ