ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ތަހުގީގު ކުރަން ނިންމައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ކޮމިޝަނަށް ބަލައިގަނެ ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީއިން ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ޖޭއެސްސީއިން ހައިލަމްގެ މައްސަލައެއް ބަލަން މިއަދު ނިންމެވިއިރު، ހައިލަމާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިކަން އެ ކޮމިޝަނުން ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުވެސް ހާމަކޮށްފައެވެ.
ހައިލަމްގެ އިތުރު މައްސަލައެއް ބަލަން ޖޭއެސްސީއިން ނިންމެވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކުކަން ވަނީ ހާމަވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ގާޒީ ހައިލަމް ބައްލަވާއިރު، އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.