ރައީސް ޔާމީން - ފޮޓޯ: މިހާެރު

ރައީސް ޔާމީން ފުލުހަށް ހާޟިރުވާން އަންގައިފި

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޟިރުވާން އަންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޟިރުކުރަނީ އެމްއެމްޕީއާރުސީ މައްސަލައިގައި މަޢުލޫމާތު ސާފުކުރައްވަން ކަމަށެވެ.

"އެމްއެމްޕީއާރުސީ މައްސަލައިގައި މަޢުލޫމާތު ސާފުކުރުމަށް ރައީސް ޔާމީން އަށް ވަނީ ފުލުހަށް ހާޟިރުވުމަށް ޗިޓް ފޮނުވާފައި." ފުލުހުން ވިދާޅުވިއެވެ.

ރައީސް ޔާމީން ފުލުހަށް ހާޟިރުވުމަށް ޗިޓް ފޮނުވިކަމަށް ވިދާޅުވުމުގެ އިތުރުން ފުލުހުން އިތުރު މަޢުލޫމާތެއް ނުދެއްވައެވެ. ފުލުހުން ވިދާޅުވީ މިވަގުތެއް އިތުރު މަޢުލޫމާތު ހިއްސާކުރެވެން ނެތްކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާގެ ޙުކުމް އިއްވުން މާދަމާ އޮންނާނެއެވެ.

ދާދި ފަހުން ވަނީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުވެސް އެމްއެމްޕީއާރުސީ މައްސަލާގައި ބަޔާން ނެގުމަށް ހާޒިރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ