ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއް - ފޮޓޯ: ކްރިމިނަލް ކޯޓް

މިއަދު ކްރިމިނަލް ކޯޓު ސަރަހައްދު ބަންދުކުރަންޖެހިދާނެ - ފުލުހުން

ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު ކްރިމިނަލް ކޯޓު ސަރަހައްދު ބަންދުކުރަން ޖެހިދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، ފުލުހުންގެ ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައެވެ.

ފުލުހުން ވިދާޅުވީ، މިއަދު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން މީޑިއާ ކާޑު ފެންނަގޮތަށް އަޅުއްވައިގެން ތިއްބެވުމަށް ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.

"ސަލާމަތީ ސަބަބުތަކަށްޓަކައި އެސަރަހައްދު ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި، މީޑިއާ މީޑިއާ ކާޑް ފެންނަގޮތަށް ނާޅުއްވާ ބޭފުޅުންނަށް ހަރަކާތްތެރިވުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަން." ފުލުހުން ނޫސްވެރިންނަށް ވިދާޅުވިއެވެ.

މިއަދު 13:00 އަށް ރައީސް ޔާމީނަށް ހުކުމް ކުރުމަށް ހަމަޖެހިފައިވާއިރު، މިފަދަ ވަގިތުތަކުގައި އެމަނިކުފާނުގެ ސަޕޯޓަރުން އެސަރަހައްދަށް އެއްވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ