ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އަށް ހުކުމް އިއްވުން ކެންސަލްކޮށްފި

ރައީސް ޔާމީން އަށް ހުކުމް އިއްވުން މިއަދަށް ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދާދި ދެންމެ ވިދާޅުވީ، މިއަދުގެ 1300 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޯޓުގެ ނަންބަރު Cr-C/2019/60 ޤަޟިއްޔާގެ ޝަރީޢަތް ކެންސަލްކުރެވިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރިންގެ މައްސަލައިގެ ހުކުމް އިއްވުން 13:00 އަށް ތާވަލުކޮށްފައިވަނިކޮށް މައްސަލަ ކެންސަލްކުރި ވަކި ސަބަބެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅެއް ނުވެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން އަށް ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފައިވަނުކޮށް ފަސްކުރެއްވިއިރު، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމް ވަނީ މިއަދު ސަސްޕެންޑްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ