އެމްޑީއެންގެ ދަރަންޏާއި މުދަލުގެ ކަންކަން ނިންމަން 45 ދުވަސް ދީފި

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށްޓަކައި ދަރަންޏާއި، މުދަލުގެ ކަންކަން ނިންމުމަށް 45 ދުވަހުގެ މުހުލަތެއް ދީފިއެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން "Preliminary Assessment on radicalization in Maldivs" ގެ ނަމުގައި ޝާޢިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމް ދީނާ ޚިލާފް ވާހަކަތަކެއް ހުރިކަމަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ޖަމްޢިއްޔާ ވަނީ 10 އޮކްޓޯބަރ 2019 ވަނަ ދުވަހު ޔޫތް މިނިސްޓްރީއިން ވަނީ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައެވެ.

ވަގުތީގޮތުން ސަސްޕެންޑްކުރިތާ 27 ދުވަސް ފަހުން މިއަދު ސަރުކާރުން ވަނީ އެ ޖަމްއިއްޔާ ރަޖިސްޓްރީ ބާޠިލްކުރުމަށް ނިންމާފައެވެ.

"އެމްޑީއެންގެ ދަރަންޏާ މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް، ޤާނޫނު ނަންބަރު 1/2003 (ޖަމިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެފަރާތަށް ދެވިފައިވާ ވާހަކަ، ޢާންމުކޮށް އަންގައި އިޢުލާނުކުން." ޔޫތް މިނިސްޓްރީން ވިދާޅުވިއެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމެވިއިރު، ދީނަށް ފުރައްސާރަކުރި ރިޕޯޓް ނެރުމުގައި ސާމިލުވާ ފަރާތްތަކުގެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ