ވަގަށް ނަގާފައިވާ ބައިކަލެއް ދުއްވަނިކޮށް ޒުވާނަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް ދުއްވި ޒުވާނަކު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ މިއަދު ހެނދުނު 08:30 އެހާކަންހާއިރު މާފަންނު ޕޮލިސް އިން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ އިރު އަމީނީ މަގު ފުޑް ކޯޓު ކައިރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް ދުއްވަމުން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ބައިސްކަލް މިހާރު ވަނީ ޓޯވ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ