ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙުމަދު ހައިލަމްއަށް ރުފިޔާ ދިނިން ކަމަށާއި، އަދިވެސް ދޭނެ ކަމަށް، ހައިލަމްއަށް ރުފިޔާ ދިން ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ ދާދިދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އަލްހާންގެ މިޓްވީޓްގައި ޖޭއެސްސީއިން "ޚަބަރެއްދޭ މަޢުލޫމާތު" ވެސް ހިމަނާފައިވާއިރު، އަލްހާން ވިދާޅުވީ އޭނާ ޤާޟީ ހައިލަމްއަށް ދެލައްކަ ރުފިޔާ ދިންކަމުގައި ވިއަސް، އަދިވެސް އިތުރަށް ފައިސާ ދިންކަމުގައިވިޔަސް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ.
ހައިލަމް އަށް އަޅުގަނޑު ދެލައްކަ ރުފިޔާ ދިނިން!
— ALHAN FAHMY ?? (@AlhanFahmy) November 6, 2019
ދިނިއްޔާ ކީއްކުރެވޭނީ؟؟
. އަދިވެސް ދޭނަން! @M_Hameedh @MohamedNasheed @ibusolih pic.twitter.com/NLqprwQfVo
އަލްހާން މިހެން ވިދާޅުވެފައި މިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި އެކޮމިޝަންގެ 79 ވަނަ ބައްދަލުވުމުގައި ކުރިމިނަލް ކޯޓުގެ އިސް ގާޟީ އަޙްމަދު ހައިލަމްއަށް ކުރީގެ މެންބަރު އަލްހާން ފަހުމީ ދެ ލައްކަ ރުފިޔާދިން މައްސަލަ ތަޙުޤީޤު ކުރަން ނިންމަވާފައިވަނިކޮށެވެ.
ޖޭއެސްސީއިން ވިދާޅުވީ ކްރިމަނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ޙައިލަމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ އަލްހާން ފަހުމީގެ ފަރާތުން 19 މެއި 2019 ވަނަ ދުވަހު 200،000.00 (ދެލައްކަ ރުފިޔާ) ގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ދަންނަވައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 05 ނޮވެމްބަރ 2019 ވަނަ ދުވަހު އެކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ފާޙަގަކޮށްފައިވާކަމަކީ، ފަނޑިޔާރަކާ ގުޅިގެން ފާޙަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ، އެމައްސަލަ ތަޙުޤީޤު ކުރުމަށް ނިންމާފައިވާކަމަށެވެ.
އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 25 ޖުލައި 2019 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް މިމައްސަލަ ގެނެސްފައިވާއިރު، ފާއިތުވި ދުވަސްތަކުގެ ތެރޭޣައި މިމަޢުލޫމާތު ކޮމިޝަނާ ޙިއްސާކޮށްފައި ނުވާތީއާއި މމައްސަލާގައި އެކަށީގެންވާ ފިޔަވަޅު މޯލްޑވްސް ޕޮލިސް ސަރވިސްއިން މިއަދާ ހަމައަށްވެސް އަޅާފައިކަމަށް ޤަބޫލުނުކުރެވޭތީ، އެކަން ބައްލަވައި ދެއްވުންއެދި ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލް ޖުމްހޫރިއްޔާގެ އިތުރުން ނެޝަނަލް އިންޓިގްރިޓީ ކޮމިޝަންގައި ދެންނެވުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.



