އަލްހާން ފަހުމީ - ފޮޓޯ: ސަން އޮންލައިން

ޙާލަތާ ވަގުތާ ނުބައްދަލު ބޭކާރު ޚަރަދުކުރުން ބަދަލުކުރަން ޖެހޭ: އަލްހާން

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ މި ހާލަތުގައި، ޙާލަތާ ވަގުތާ ނުބައްދަލު ބޭކާރު ޚަރަދުކުރުން ބަދަލުކުރަންޖެހޭ ކަމަށް  މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހުމީ މިފަދައިން ވިދާޅުވެފައިވަނީ، އެޕަލް އިން ނެރެފައިވާ އެންމެ ފަހުގެ އައިފޯންތަކަށް އުރީދޫއިން ޕްރިއޯޑަރ ހުޅުވާލުމުން، އައިފޯން 12 ޕްރޯގެ ސްޓޮކް ހުސްވުމާއި ގުޅިގެންނެވެ.

"އިޤްތިޞާދީ ޙާލަތު ދަށަށް ދިޔަކަމުގެ އިޙްސާސެއްވެސް ހަމަ ނެތީތޯ؟ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގެ މުއްސަނދިންނަށްވުރެ ޚަރަދު ކުރުމުގައި އަޅުގަނޑުމެން ދިވެހިން މިތިބީ މާ ކުރީގަ ނޫންތޯ؟" އަލްހާން ކުރެއްވި ތްވީޓްގައި ވިދާޅުވިއެވެ.

އޭގެ އިތުރުން އަލްހާން ފަހުމީ ވިދާޅޫވީ، ޙާލަތާ ވަގުތާ ނުބައްދަލު ބޭކާރު ޚަރަދު ކުރުމަކީ ބަދަލުކުރަންޖެހޭ އަޚްލާޤެއް ކަމަށެވެ.

އެޕަލް ކުންފުނިން ބޭއްވި އެ ކުންފުނީގެ ވާޗުއަލް "ހައި، ސްޕީޑް" އިވެންޓުގައި އެ ކުންފުނީގެ ފުރަތަމަ 5 ޖީ ފޯން، އައިފޯން 12 ނެރެފައިވަނީ އޮކްޓޫބަރު މަހުގެ13 ވަނަ ދުވަހުއެވެ.

އުރީދޫއިން އައިފޯން 12ގެ 128 ޖީބީ 20،099 ރުފިޔާއަށް ވިއްކާއިރު، 256 ޖީބީ ވިއްކަނީ 22،299 ރުފިޔާއަށެވެ. އައިފޯން 12 ޕްރޯގެ 256ޖީބީ ވިއްކަނީ 25،799 ރުފިޔާއަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ