ޗައިނާ ކުޑަކުދިންނަށް ދެން ގޭމު ކުޅެވޭނީ ސަރުކާރުން އަންގާ ގަޑިއަކު

ޗައިނާގައި، ކުޑަކުދިންނަށް ވީޑިޔޯ ގޭމް ކުޅެވޭނެ ގަޑިތަކެއް ކަނޑައަޅައިފިއެވެ. މާ ގިނައިން އެކަމަސް ކުރުމުގެ ސަބަބުން ގެއްލުންތަކެއް ލިބޭ ގޭމް ކުޅެވޭނެ ގަޑިތައް ކަނޑައަޅާ، އެވަގުތުތައް ސަރުކާރުން އިއުލާން ކޮށްފައިވާއިރު، މިކަން ގިނަ ބަޔަކު ސިފަ ކުރަނީ ކާފިއު އެއްގެ ގޮތުގައެވެ.

އެޤައުމުގައި އޮޕަރޭޓް ކުރާ ހުރިހާ ގޭމް މަންސަތަކަކުން، ސަރުކާރުން އެކުލަވާލާފައިވާ އުސޫލަށް އަމަލުކުރުން ވަނީ މަޖުބޫރު ކޮށްފައެވެ.

ޗައިނާ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވަނީ، އުމުރުނ 18 އަހަރުން ދަށުގެ ކުދިންނަށް، ކޮންމެ ރެއެއްގެ 10:00 އިން ފެށިގެން ހެނދުނު 08:00 ގެ ނިޔަލަށް ގޭމް ކުޅުން މަނާވާނެކަމުގައެވެ. ހަފްތާ ބަންދު ފިޔަވާ ހަފްތާގެ އެހެން ދުވަސްތަކުގައި 90 މިނެޓަށް ގޭމު ކުޅުމުގެ ހުއްދަ ދޭއިރު، ހަފްތާ ބަންދާއި ރަސްމީ ބަންދުތަކުގައި، ތިން ގަޑިއިރަށް ގޭމު ކުޅެވޭނެއެވެ.

މީގެއިތުރުން، އޮންލައިން ގޭމިންގ އެކައުންޓުތަކަށް ކުޑަކުދިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގައިވެސް މިންތަކެއްވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ މަހަކުވެސް އެކުދިންނަށް އެންމެ ގިނަވެގެން ޓްރާންސްފަރ ކުރެވޭނީ 200 ޔުއާން (29 ޑޮލަރު) އެވެ.

ޗައިނާ އިން ބުނާގޮތުގައި އެޤައުމުން މިފަދަ ފިޔަވަޅެއް އަޅަން ޖެހުނީ، ވީޑިޔޯ ގޭމްތަކުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު  އަސަރުތަކެއް ކުރާތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޗަން ޗުން

    ރާއްޖޭގަވެސް ތިކަހަލަ މީހުން ހަރުދަނާ ކުރާކަލަ ގަވާއިދު ތަކެއް ތަންފީޒް ކުރަން ފެނޭ.
    ޗައިނާ އާ އޮޔް ގުޅުން ބަދަހި ކޮށް، ބައިނަލްއަގްވާމީކޮއް މިސާލު ދައްކާ ގަވާއިދުތައް އިސްލާމް ދީނައް ފުށަ ނާރާ ގޮތައް ތަންފީޒުކޮއް އޭގެ މަތީގަ ދެމި ހުރެއްޖިއްޔާ މި ރާއްޖެވެސް މިސާލު ދައްކާނެ…
    އަންނަން އޮތް ޖީލުތަކުން ސިގިރެޓް އެކަނި ހުއްޓިއަސް އަދި ގައުމެއް ކުރިއަކަށް ނުދާނެ.
    ވީޑިއޯ ގޭމްސް ތަކަކީ ސިގިރޭޓު ފަދައިން ދެވި ހިފާ އެއްޗެއް.!.!.!.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ