ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށްވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރައްވައިފިއެވެ. ޖާބިރު ވަނީ ދެ ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހަށް ސިޓީއެއްވެސް ހުށައަޅުއްވާފައެވެ.
ނަމަވެސް ރޮޖައިނާ ވަނީ މިކަން ދޮގުކުރައްވާފައެވެ. ޖާބިރު ގެ ތުހުމަތަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވެފައިވަނީ އޭނާގެ ބޮލުގައި ޖާބިރު މި ތުހުމަތު އަޅުވާފައިވަނީ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކަޓުވާލަން މަސައްކަތް ކުރިކަމަށް ވިދާޅުވެކަމަށެވެ. ދިޔާނާ ވިދަޅުވީ ދިޔާނާ ކަޓުވާލަން މަސައްކަތް ކުރީކަމަށް ސައިކޮޓަރީގައި އަޅުގަނޑާއި ރައީސް އަށް ތުހުމަތުކޮށް ހަޅޭއްލަވާފައި ގޮސް ތަޅުމުގައި އަޅުގަނޑުމެންނަށް ވަގަށް ގޮވުމަކުން ދިޔާނާ މަޤާމަކަށް ނުލެވޭ ކަމަށެވެ.
ރޮޒައިނާ ވަނީ ދިޔާނާ ކަޓުވާލީ ޖާބިރުކަށް ވިދާޅުވެފައެވެ. "ޖާބިރު އުޅޭ ވައްތަރުން މީހުން ދިޔާނާއަށް ވޯޓްލާން ބިރުގަތީ" ދިޔާނާ ބުނެފައިވެއެވެ.
އިއްޔެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށާއި، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި މި މައްސަލަ ރިޔާސީ ކޮމިޝަނަށް ހުށައެޅުއްވުމަށްވެސް ޖާބިރު ވަނީ ގޮވާލައިފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ވަރަށް ގިނަ ފަރާތްތަކެއް ޖެހިފައިވާކަން ވަނީ ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގައިވެސް އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ވަނީ ހިމެނިފައެވެ. އަދި މަޖިލިސް މެންބަރުންވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.



