ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މުޙައްމަދު އަޒުހާރު: ފޮޓޯ - ޕޮލިސް

ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ  ޏ.ފުވައްމުލައް، ދަޑިމަގު. ބޮޑުކެކުރިގެ، 41 އަހަރުގެ މުޙައްމަދު އަޒުހާރު އެވެ.

މުޙައްމަދު އަޒުހާރާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 ށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.

ފުލުހުންވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ