ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މިތިބީ ސަރުކާރުގައި، ދެނެއް ވައްޓައެއް ނުލެވޭނެ - ނަޝީދު

އެމްޑީޕީ ނުކުމެ މިތިބީ ވައްޓާލީމާ ތެދުވެގެން ކަމަށާއި، އެ ޕާޓީއެއް ދެނެއް ވައްޓާނުލެވޭނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު އެމްޑީޕީން ގަމުގައި ބޭއްވި ހިނގާލުމަށްފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި ރާއްޖޭގައި ދެނެއް ބަގާވާތެއް ނުކުރެވޭނެކަމަށާއި، އެމްޑީޕީ ނުކުމެ މިތިބީ ވައްޓާލީމާ ތެދުވެގެން، ދެނެެއް ވައްޓާނުލެވޭނެކަމަށެވެ.

"އަޅުގަނޑުމެން މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް އިރާދަކުރެއްވިއްޔާކޮށްދޭނެ". ނަޝީދު ވިދާޅުވިއެވެ.

މީގެ ދުވަސްތަކެއް ކުރީގާ ރާއްޖޭގެ ރައްޔިތުންގެ ހިނިތުންވަމުން، ހިތްހެޔޮކަމާއެކު ހަރުއަޑުން ބުނަމުންދިޔައީ އަނބުރި އައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ ޕާޓީ މިއަދު އެނބުރި އައިސްފައިވާކަމަށާއި، ސަރުކާރުގައިވެސް މިތިބީ އެ ޕާޓީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެ ޕާޓީން މި ހުށަހަޅަނީ އެޖެންޑާ 19 ކަމަށާއި، އެޖެންޑާ 19އަކީ ރާއްޖޭގެ ބޭނުންތައް ފުއްދާ ދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގެ ވައުދުތައް އަދާކޮށްދިނުމުގައި މަޖިލީސް 19 ވެގެން ދާނީ އެންމެ މުހިންމު ވަސީލަތަކަށް ކަަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްުޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާ ދިނުމަށްޓަކައި، އެ ޕާޓީން އަވަދިނެތި ގެންދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މި މަޖިލީސް އިންތިހާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރާނެ. ރާއްޖޭގެ ރައްޔިތުން ހާލުގެ ދުލުން މިކަމަށް އެދި ގޮވާއަޑު އަޅުގަނޑުމެން އަންނަނީ ކޮންމެ ދުވަަހަކުވެސް ބޯހަރުކޮށް އިވެމުން". ނަޝީދު ވިދާޅުވިއެވެ.

އަދި އެ ޕާޓީގެ އަގުލަބިއްޔަތު މަޖީލީހުގައި އޮތުމުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުކަން ފާހަގަކުރަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް 2008 ވަނަ އަހަރުން ފެށިގެން ދވަމުންދާ ގޮތް ރައްޔިތުން އަންނަނީ ދެކެެމުން ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ސާފް ދިވެހި ވެރިކަން ދެމި އޮންނަން ޖެހޭކަން، ބަގާވާތުން އެ ވެރިކަން ބަދަލުވެގެން ނުވާނެ ކަން". ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ