ޔޫރޮޕާ ލީގު - ޔުނައިޓެޑުން ފަސޭޙަކަމާއެކު ޕާޓިޒާން ބަލިކޮށްފި

ޔޫރޮޕާ ލީގުގައި ރޭ ޕާޓިޒާއާއި ދެކޮޅަށް ކުޅެވުނު މެޗު ފަސޭޙަކަމާއެކު މެންޗެސްޓާރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އޯލްޑް ޓްރެފޯޑުގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ދެލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވާއިރު، މިލަނޑުތައް ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ މޭސަން ގްރީންވުޑާއި އެންތަނީ މާޝިއާލްއެވެ. މާޝިއާލް މިސީޒަންގައި ޔުނައިޓެޑަށް ކުޅެދިން ނުވަ މެޗުން ފަސް ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

އަދި ޔުނައިޓެޑްގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުންޖެހި ފަހު ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފެނިގެން ގޮސްފައިވާއިރު، މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑުއެވެ. އޯލްޑް ޓެރެފޯޑުގައި އެންމެފަހުން ކުޅުނު 7 މެޗުން ރަޝްފޯޑުވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ރޭގެ މެޗުގައި މޭސަން ގްރީންވުޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޔޫރޮޕާ ލީގު މެޗެއްގައި ޔުނައިޓެޑަށް ލަނޑު ޖަހައި އަދި އިތުރު ލަނޑެއް ޖަހަން އެސިސްޓް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށް އުމުރުން 18 އަހަރާއި 37 ދުވަހުގެ މޭސަން ގްރީންވުޑްވަނީ ވަނީ ވެގެންގޮސްފައެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު ގްރޫޕް އެލް ގެ އެއްވަނާގައި ޔުނައިޓެޑް އޮތްއިރު، ދެވަނަގައި އޮތް އަލްކަމާރަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ