އެސްޕައި ބާސާ ރީޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ކޭންމްޕްނޯ ތަރައްޤީ ކުރާއިރު މިސްޓޭޑިއަމް ވެގެންދާނީ ދުނިޔޭގެ އެންމެ ފުރަތަމަ 5ޖީ ފުޓުބޯޅަ ސްޓޭޑިއަމްއަށް ކަމަށް ބާސާއިން ބުނެފިއެވެ.
ބާސެލޯނާއާއި ޖީއެސްއެމްއޭ އާދެމެދު ވެވުނު މިއެއްބަސްވުމުގެ ސަބަބުން މިއާ ޓްކްނޮލޮޖީގެ އެހީއާއެކު ކޭންމްޕްނޯ އެހެން ހަރުފަތަކަށް ދާނެއެވެ.
މިއާ ޓްކްނޮލޮޖީއާއެކު ކޭންމްޕްނޯގައި 360 ޑިގްރީ ކެމެރާތައް ހަރުކުރާގޮތަށް ނިންމާފައިވާއިރު ވާޗުއަލް ރިއަލިޓީ ގްލާސްގެ އެހީގައި ތަފާތު އޭންގަލް ތަކުން މެޗު ބެލޭނެކަމަށްވެއެވެ. އެގޮތުން ޑައިރެކްޓަރ ބޮކްސް، ގޯލް ފުރަގަސް، ބެންޗް ފަދަ ބެލުންތެރިޔާ ބަލަން ބޭނުންވާ ދިމާލުން ސީދާ އެތަނަށް ނުގޮސް ބެލޭނެކަމަށްވެއެވެ.
Camp Nou is the first football stadium in Europe with 5G coverage, technology that allows us to be leaders in innovation in the world of sport. Today, in the Mobile World Congress, we announced the news alongside Telefónica and GSMA pic.twitter.com/VW0zcyUj74
— Josep Maria Bartomeu (@jmbartomeu) February 26, 2019
ކޭންމްޕްނޯ އަކީ ޔޫރަޕްގައި އޮތް އެންމެ ޖާގަ ބޮޑު ސްޓޭޑިއަމްއެވެ. މިސްޓޭޑިއަމްގައި އެއްފަހަރާ 90،000 މީހުންނަށް މެޗު ބެލެއެވެ. އަދި އެސްޕައި ބާސާ ރީޑެވެލޮޕްމެންޓް ޕްރޮގްރާމް ނިމުމާއެކު މިއަދަދު 105،000 އަށް އަރާނެއެވެ.
އެސްޕައި ބާސާ ރީޑެވެލޮޕްމެންޓް ޕްރޮޖެކްޓް ނިމޭނެކަމަށް ލަފާކުރަނީ 2024 ގައެވެ.



