ޒާޚާ އާސެނަލް އިން ފެނުމުގެ ފުރުޞަތު ކުޑަ: އެމެރީ

އާސެނަލްގެ މެދުތެރެއަށް ކުޅެމުން އަންނަ ސްވިޒަލޭންޑްގެ ތަރި ގްރަނިޓް ޒާޚާ އާސެނަލްއިން ދެން ފެނުމުގެ ފުރުޞަތު ކުޑަކަމަށް އެޓީމުގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.

އޮކްޓޯބަރ 27 ވަނަ ދުވަހު ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ސަޕޯޓަރުންނާއި ދިމާއަށް ދަނޑުމަތީ ހަޑިހުތުރުބަހުން މުޚާތަބުކުރި މުޚާތަބު ކުރި ދުވަހުގެ ފަހުން ޒާޚާ އާސެނަލްއަށް މެޗެއް ކުޅެދީފައިނުވާއިރު، އެހާދިސާއާއި ގުޅިގެން އޭނާ އަތުން އާސެނަލްގެ ކެޕްޓަން ބޭންޑްވެސް އަތުލެވިފައެވެ. އަދި ޕްރިމިއާ ލީގުގައި މިރޭ ލެއިސެސްޓާއާއި ދެކޮޅަށް ކުޅޭ އާސެނަލްގެ ޓީމުގައިވެސް ޒާޚާ ހިމަނާފައެއްނުވެއެވެ.

"ޒާޚާ އަލުން އާސެނަލްއަށް ކުޅޭނެކަމެއް ނޭނގޭ. އެހެންނަމަވެސް އޭނާ ޓީމަށް ގުޅެން ބޭނުންނަމަ ފުރުޞަތު ލިބޭނެ. ޒާޚާއަކީ ހުނަރުވެރި ކުޅުންތެރިއެއް." އެމެރީ ބުންޏެވެ.

މީގެއިތުރުން އެމެރީ ބުނީ، ޒާޚާ ވިއްކާލުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށާއި، އެހެންނަމަވެސް މެދުތެރެއަށް ކުޅޭ ކުޅުންތެރިން ޓީމުގައި މަދުކަމުން އޭނާ ނެތްތައް ދައްކާކަމަށެވެ.

އެގާރަ މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނާގައި އޮތް އާސެނަލް މިރޭ ނުކުންނާނީ ތާވަލްގެ ތިންވަނާގައި އޮތް ލެއިސެސްޓާރ ސިޓީއާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަނޑިން 22:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ