އެޑެން ހަޒާޑް - ފޮޓޯ: އޭއެސް އިންގްލިޝް

ޗެލްސީން ހަޒާޑާއެކު އާ ކޮންޓްރެކްޓަކަށް ތައްޔާރުވަނީ

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ސްޕެއިންގެ ރެއަލްމެޑްރިޑުން ހަޒާޑްއަށް ބިޑްކުރާނެކަމަށް ރިޕޯޓްތައް ބުނަމުންދާއިރު ޗެލްސީން ހަޒާޑްއާއެކު އާ ކޮންޓްރެކްޓަކަށް ހެދުމަށް ތައްޔާރުވަމުން އެބަދެއެވެ.

ހަޒާޑް ޗެލްސީއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020 ގައެވެ. މިމުއްދަތުގެ ކުރިން އާ ކޮންޓްރެކްޓެއް ޗެލްސީއަށް ނުހެދިއްޖެނަމަ އަދި މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ހަޒާޑް ވިއްކާނުލައިފިނަމަ ދެން ޗެލްސީއަށް ޖެހެނީ ހަޒާޑް ހިލޭ ދޫކޮށްލާށެވެ.

އާ ކޮންޓްރެކްޓާއި ބެހޭ ގޮތުން މީގެ ކުރިން ޗެލްސީއާއި ހަޒާޑްއާއި ދެމެދު ދެކެވުނު ވަހާކަތައް ކާމިޔާބުވާގޮތްވެފައި ނުވާއިރު، އަލުން ޗެލްސީން އާކޮންޓްރެކްޓާ ގުޅޭގޮތުން ހަޒާޑްއާ ވާހަކަ ދެކެވެން ފަށައިފިކަން ފްރާންސްގެ މަޖައްލާއެއްކަމަށްވާ ލެޓެންސްޕޯޓްގައިވެއެވެ.

ކުރިއަށް އޮތް ދެ ޓްރާންސްފާ ސީޒަނުގައިވެސް ޓްރާންސްފާ ނުކުރޭ ގޮތަށް ފީފާއިން މިދިޔަ ހަފްތާގައި ޗެލްސީ ސަސްޕެންޑް ކޮށްފައިވާއިރު ހަޒާޑް ޗެލްސީގައި ބެހެއްޓުން އެއީ ޗެލްސީއަށް މިވަގުތު ވަރަށް މުހިންމުކަމެކެވެ.

ފީފާއިން ޗެލްސީ ސަސްޕެންޑްކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް 29 ޒުވާން ކުޅުންތެރިން ޓީމަށްގެނަ މައްސަލައަކާއި ގުޅިގެންނެވެ. އަދި ފީފާގެ މިނިންމުމަށް އިސްތިނާފު ހުށައެޅުމަށް ޗެލްސީން ނިންމާފައި ވީނަމަވެސް އެއީ ހަޒާޑް އަދި ޗެލްސީ ދޫކޮށްދާ އެހެން ކުޅުންތެރިންވެސް ޓީމުގައި ހިފެހެއްޓޭނެ މާބޮޑު ސަބަބަކަށް ނުވާނެއެވެ. ނަމަވެސް ޗެލްސީގެ އެޕީލްގެ ސަބަބުން ޗެލްސީ ދޫކޮށްދާ ކުޅިންތެރިންގެ ބަދަލުގައި އާ ކުޅުންތެރިން ޗެލްސީއަށް ގެނެވޭގޮތް ފީފާއިން ހަދައިދޭނެކަމަށް ލަފާކުރެވެއެވެ.

ރެއަލްމެޑްރިޑުން ނޭމާ އަށް ބޮޑު އަގެއް ހުށައަޅަން ތައްޔާރަށް އޮތްކަމަށް އަހަރުގެ ކުރީކޮޅު ޚަބަރުތައް ފެތުރުނު ނަމަވެސް ނޭމާ ހޯދުމަށް ރެއަލް އަދި އެނޫންވެސް ކްލަބެއް ނުގުޅުމަށާއި، މިއަހަރުގެ ހޫނު މޫސުމުގެ ޓްރާސްފާގައި ނޭމާ ޕީއެސްޖީ ދޫކޮށް ނުދާނެކަމަށާއި، ނޭމާއަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚެލައިފީ މިހަފްތާގައި ބުނެފައިވެއެވެ.

ނޭމާ ޖޫނިއާ

މިހެންވެ ރެއަލްމެޑްރިޑުން މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ބޮޑަށް ޓާގެޓް ކުރާނީ ހަޒާޑަށްކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ