ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު އިރުއޮއްސި 18:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އިން 19 އަހަރުގެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާއިރު، މަހާނަ ކޮނުމާއި، މަހާނައިގައި ސިހުރު ވަޅުލުންފަދަ ހާދިސާތައް މީގެ ކުރިންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވެއެވެ.




2 Responses
Name haama kurey mi kaaku kan…hama baeh kankamuga baeh myhun ge name tha haama kuran jeheny
ޢަޅޭ ބިރެއްވެސް ނުގަނޭތަ