އެއަރ ބެލޫނެއް ފަޅައިގެން ގޮސް ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ތިލަފުށީގައި ބޯޓު ފަހަރު އެހެލުމަށް ގެންގުޅޭ އެއަރ ބެލޫންއެއް ފަޅައިގެން ގޮސް ދެމީހަކަށް އަނިޔާޥެފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:21 އެހާކަންހާއިރުކަމަށެވެ.
އަދި މިހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީންނަށްކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިދެމީހުންނަކީވެސް ބަންގްލަދޭޝް ދެމީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވި ދެ މީހުން މެރިން ޕޮލިސްގެ އެހީގައި މިހާރުވަނީ މާލެ ގެނެސް އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.




