އެންމެންގެ ލަދު ހަޔާތް ކަނޑުވަން އުޅުމަކީ ގޯހެއްކަމަށް ވިދާޅުވެ، ދިރިއުޅޭ ގޭގެ ކޮޓަރީގައި ގެސްޓުން ގެންގުޅުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަކާލާތުކުރައްވާ ދެއްކެވި ވާހަކަތަކަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޒައިދު ފާޑުވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ، ރަށްރަށުގައި ގޭގޭގެ ވަކި ކޮޓަރިތަކުގައި ފަތުރުވެރިން ގެންގުޅެވޭނެ ގޮތް އެޖެންޑާ 19 ގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ސިޔާސަތަށް ފާޑުވިދާޅުވެ ޝެއިޚް ޒައިދު ވިދާޅުވީ، ގޭގޭގެ ވަކި ކޮޓަރިތަކުގައި ގެސްޓުން ގެންގުޅޭއިރު ބިކިނީ ލައިގެން ގެސްޓުން އޮރިޔާމުން ސިޓީންގ ރޫމަށް ނިކުންނައިރު ސިޓިންގރޫމް ސޯފާގައި ބައްޕަޔާ މަންމަޔާ ދަރިންނާ ތިބޭނެ ކަމަށެވެ.
"ކިހާ ޠާހިރު މަންޒަރަކަށް ވާނެތޯ؟! ސުބްހާނަﷲ! އެންމެންގެ ލަދުހަޔާތް ކަނޑުވަން އުޅުމަކީ ޖަރީމާއެއް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
Guest House akaa dhekolheh noon! Ekam e tha'aaraf kureeru eyruves enmen ki dhuvas kolhakun donmyhun rah rashuga ulhen fashaanee oriyaamunney! Gavaaid onnaaney oi thanu ey! Kihineh thoo vee fahun?! Mihaaru hus huree bikini islands. Faisaa in jeebu furunyma nimuny ehnoon ingeythoo!
— Ali Zaid (@alizaid1000) March 1, 2019
ޝެއިޚް ޒައިދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ގެސްޓްހައުސް ސިނާއަތާ ދެކޮޅު ނޫންކަމަށެވެ.
"ނަމަވެސް، އެ ތައާރަފް ކުރިއިރުވެސް އެންމެން ކީ ދުވަސްކޮޅަކުން ދޮން މީހުން ރަށްރަށުގައި އުޅެންފަށާނީ އޮރިޔާމުންނޭ! ގަވާއިދު އޮންނާނީ އޮތްތަނުއޭ! ކިހިނެތްތޯ ވީ ފަހުން؟ މިހާރު ހުސް ހުރީ ބިކިނީ އައިލެންޑްސް." ޝެއިޚް ޒައިދު ވިދާޅުވިއެވެ.
1st They said: meehun ulhey rah rashuga, guestun ulheynee raajjeyge culture ah ihthiraam kohgenoo! Bikini nulaaneyoo! Manaloo! Dhen hedhee Bikini beach. Dhen othee Barahana beach thoo!? Shaithoanaa dhanee step by step meehun hellun theri kuruvamun. $ dhakkamun.سبحان الله
— Ali Zaid (@alizaid1000) March 2, 2019
އިތުރަށް ޝެއިޚް ޒައިދު ވިދާޅުވީ، ފައިސާއިން ޖީބު ފުރާލެވުނީމަ ނިމުނީ ނޫންކަމަށެވެ.