"ފޯޓީ ޕްލަސް" އަތޮޅުތެރެ ނޯޓީ ކޮއްލަނީ

”ފޯޓީ ޕްލަސް“ މާރިޗް 05 ގައި އޮލިމްޕަސް ނޯޓީ ކޮށްލުމަށް ދަނީ ތައްޔާރު ވަމުންނެވެ. ހުނުމާއި މަޖަލުގެ ތެރެއިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފެނިގެންދާނެ މި ފިލުމުގައި. ކުޑަކޮށް ބިރުގެންފައި އިންދާ ފެންނަ ކަމަކުން އަނެއްކާވެސް ހެއްވައިލާނެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ނެރޭ ބިރުވެރި މަޖާ ފިލްމުން ފެންނާނެ މައިގަނޑު ރަހަތަކެވެ.

”ފޯޓީ ޕްލަސް“ ގެ ނޯޓީކަން ނުވަތަ ސާޅީހުން މައްޗަށް ދިޔައިމާ އެ އަންނަ ލާނެތްކަން، އަތޮޅު ތެރެއަށް ފެތުރިގެން ދާކަށްވެސް ގިނަ ވަގުތުތަކެއް ނުނަގާނެއެވެ. އެކަން އެނގެނީ ”ފޯޓީ ޕްލަސް“ގެ ޓީމުން ނެރެފައިވާ ޝެޑިއުލުންނެވެ.

”ފޯޓީ ޕްލަސް“ އަތޮޅުތެރެ ނޯޓީ ކޮއްލަން ތައްޔާރުވާއިރު، އަތޮޅު ތެރޭގެ ގިނަ ސަރަހައްދުތަކެއްގައި ފިލްމު އެޅުވުމަށް ތައްޔާރުވެފައިވެއެވެ. ”ފޯޓީ ޕްލަސް“ ރަށްރަށުގައި އަޅުވާއިރު، ވަރަށް ޚާއްޞަކަމެއްވެސް އެބައޮތް ކަމަށާއި، ކޮންމެ ރަށަކަށްވެސް ފިލްމު އަޅުވަން ދާނީ ފިލްމުގައި ހަރަކާތްތެރިވާ ކޮންމެވެސް ސްޓާރެއް ނުވަތަ ޓެކްނިކަލް ބޭފުޅެކަމަށް މައުލޫމާތު ލިބެއެވެ.

”ފޯޓީ ޕްލަސް“ އަތޮޅުތެރޭގެ ސެޑިއުލްއަށް ބަލާލާއިރު،
– މާރިޗް 14 އަދި 15 ގައި ބ. ތުޅާދޫގައި ފިލްމު ޕްރިމިއާކުރަން ނިންމާފައިވާއިރު، ފިލްމު ޕްރިމިއާކުރަން ދާނީ މިހާރު އެންމެ އުއްމީދީ އެއް ތަރި ޢަލީ އާޒިމް (ދޮން އައްޔަ) އެވެ.

– މާރިޗް 15 ގައި ފ. ނިލަންދު އަށް ފިލްމު ޕްރިމިއާކުރަން ދާނީ، ”ފޯޓީ ޕްލަސް“ ގައި ފެންނާނެ އެންމެ ތަފާތު އެއް ކެރެކްޓަރ ކުޅެފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ.

– މާރިޗް 14 ގައި ޅ. އަތޮޅު ނައިފަރުގައި ފިލްމު ޕްރިމިއާކުރަން ދާނީ ހާއްޕެ އެވެ.

– މާރިޗް 14 ގައި ކުޅުދުއްފުއްޓަށް ”ފޯޓީ ޕްލަސް“ ގެ ނޯޓީކަން ދައްކައިލަން ދާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަން އެވެ.


ފިލްމު ޕްރިމިއަރ ކުރަން މިހާ ވަގުތު ކުޑަތަންވެފައިވާއިރު، ޕްރޮޑަކްޝަން ޓީމުން މިވަނީ އޮފިޝަލް ޓްރެއިލަރ ބެލުންތެރިންނަށް ދޫކޮށްލައި، އެތައް ބަޔަކު ހެއްވާލާފައެވެ. އެތައް ބަޔަކު ސިއްސުވާލާފައެވެ.

މިހައިތަނަށް ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބެލުމަށްފަހު ފިލްމު އެންމެ ބޮޑަށް ކަމުގޮސްފައިވާ ”ނޯޓީ ފޯޓީ“ ގެ ސީކުއަލްއެއްގެ ގޮތުގައި އުފައްދާ ހޮރޯ ކޮމެޑީ ”ފޯޓީ ޕްލަސް“ގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. ”ފޯޓީ ޕްލަސް“ އަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް