ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ދަ އެޑިޝަން

ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަކު އަންހެނަކު ރޭޕް ކުރަން މަސައްކަތްކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓަކު އަންހެނަކު ރޭޕް ކުރަން މަސައްކަތްކޮށްފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން ދިޔަ ޒުވާން އަންހެން ޕޭޝަންޓަކު ރޭޕް ކުރަން ޒިއޮތެރަޕިސްޓަކުއުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ ތެރަޕިސްޓަކު މިދިޔަ މަހުގެ 9 ވަނަ ދުވަހު، އެހޮސްޕިޓަލަށް ފިޒިއޯ ތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެން ކުއްޖަކާއި މެދު ބަދުއަޙުލާޤީ ޢަމަލު ހިންގުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.

މިމައްސަލައިގައި ތުޙުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނަކާ މެދުއެވެ. އެހެންނަމަވެސް މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލާގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބަހެއް ލިބޭތޯ މިނޫހުން ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ