ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ނިޔާވިތާ މާގިނައިރެއް ނުވަނީސް އަނެއްކާވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ އަސުރުމާ މަގުގައެވެ.
ފުލުހުން ވިދާޅުވީ، މިރޭ 22:50 ހާއިރު ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް އަސުރުމާމަގުގެ ޕޭވްމަންޓް މަތިން ގޮސް ގަސްތަކުގެ ތެރެއަށް ވަދެ އެކްސިޑެންޓްވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
"މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 32 އަހަރުގެ ފިރިހެނަކަށް. މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




