މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސްވެފައިވާ ގޮނޑިއަށް މަޝްހޫރު އޮންލައިން ނޫސް "އަވަސް" ގެ މެނޭޖިންގ އެޑިޓަރ އަހުމަދު ނާއިފް ހޮވިއްޖެއެވެ.
ދައުރު މެދުތެރެއިން ހުސްވެފައިވާ އެ ގޮނޑިއަށް ނާއިފް އިންތިހާބުވީ، މިއަދު ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. ނާއިފް 63 ވޯޓް ހޯއްދެވިއިރު، ނޫނު އިންފޯއިން ނާއިފްއާ ވާދަކުރި އަހުމަދު ނައުޝާދަށް ލިބިފައިވަނީ 9 ވޯޓެވެ.
މީޑިއާ ކައުންސިލްގެ މި އިންތިޚާބަކީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފުގެ މެންބަރު ކަމުގެ ދައުރު ހަމަވެގެން ބޭއްވި އިންތިޚާބެކެވެ.
މީޑިއާ ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި މީޑިއާ ކައުންސިލަށް ނާއިފް އިންތިޚާބުވިއިރު، އެ ކައުންސިލްގައި މީޑިއާ ތަމްސީލު ކުރައްވަން ދެން ތިއްބެވީ، ސަން މީޑިޔާ ގްރޫޕުގެ އަޙުމަދު އާޒިފް، ވީމީޑިޔާގެ ޝިފްޒާ މުސްތަފާ، ޕަބްލިކް ސަރވިސް މީޑިޔާގެ އަޙުމަދު ޖަދުވާން، މިދުވަސް އޮންލައިންގެ އަޒްމީ އަލީ އަދި ހަފްތާ އޮންލައިންގެ ހިދާޔަތުﷲ ގެ އިތުރުން ދިއިސްލާމްގެ އަލީ އަހުސަން އަދި ފެންވަރު އޮންލައިންގެ އަލީ ރިފްޝާނެވެ.