މިދިޔަ އަހަރު ގެއްލުނު ސައިކަލެއް ފުލުހުން މިއަދު ހޯދައިފި

މިދިޔަ އަހަރު ގެއްލުނު ސައިކަލެއް ފުލުހުން މިއަދު ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ފުލުހުން މިއަދު މާލެ ޕެޓްރޯލް ކުރަމުން ދިޔައިރު، 2018 ވަނަ އަހަރު ވަގަށް ނަގައިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިކަލެއް ފެނިފައިވާކަމަށެވެ.

މިއަދު 16:40 އެހާކަންހާއިރު ފެނުނު މިސައިކަލް މިހާރުވަނީ ވެރިފަރަތާއި ޙަވާލުކުރެވިފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ ދެދުވަސް ކުރިންވެސް ފުލުހުންވަނީ ވަގަށް ނަގާފައިވާ ދެ ސައިކަލް މާލެއިން ހޯދައިފައެވެ. އަދި މިސައިކަލުތަކާ ބެހޭ އިތުރު ތަފްޞީލެއް ފުލުހުން ދެއްވާފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ