ބާސެލޯނާއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ 'އެލްކްލެސިކޯ' ގެ ނަމުން މަޝްޙޫރުވެފައިވާ މެޗު ކުޅޭނެ ދުވަހެއް ލަލީގާއިން ނިންމައިފިއެވެ.
އެގޮތުން ލަލީގާއިން މިމެޗު ކުޅުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 18 ވާ ބުދަދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
? #ElClasico date confirmed!
— LaLiga English (@LaLigaEN) November 13, 2019
? Wednesday 18th December
?️ Camp Nou
⏲️ 8:00pm CET#LaLigaSantander pic.twitter.com/hEypgw5Izh
މިދިޔަ އޮކްޓޯބަރު މަހުގެ 26 ގައި ކުޅުމަށް ހަމަޖެހިފައިވާ އެލްކެލެސިކޯ ކެޓަލޫނިއާއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކެންސަލްކުރަން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިރު، ބާސެލޯނާގެ ކޭމްޕް ނޯ ގެ ބަދަލުގައި ރެއަލްމެޑްރިޑްގެ ބާނަބޯގައި ކުޅުމަށްވެސް މަޝްވަރާ ކުރެވުނެވެ. އެހެންނަމަވެސް ދެޓީމުވެސްވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.
ބާސެލޯނާ އަދި ރެއަލްމެޑްރިޑަށްވެސް މިހާތަނަށް ކުޅުނު 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާއަށް ތާވަލްގެ އެއްވަނަ ލިބެނީ ރެއަލްމެޑްރިޑަށްވުރެ އިތުރަށް ފައިދާ ދެގޯލް އޮވެގެންނެވެ.




