އެލްއޭ ގެލެކްސީ ދޫކޮށްލަން އިބްރަހިމޮވިޗް ނިންމައިފި

އެމެރިކާގެ ކްލަބެއްކަމަށްވާ އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑަންގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް އެކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

ފްރީ ޓްރާންސްފާއެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އެލްއޭ ގެލެކްސީއާއި އިބްރަހިމޮވިޗް ގުޅުނީ 2018 ވަނަ އަހަރުގެ މާރޗްމަހުއެވެ. އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ މިއަހަރު ނިމުމުންނެވެ. އެހެންކަމުން އަހަރު ނިމެންދޭ އޭނާ އެކްލަބުގައި މަޑުކުރާނެއެވެ.

އިބްރަހިމޮވިޗް އެލްއޭ ގެލެކްސީ ދޫކޮށްލަން ނިންމާފައިވާކަން އިޢުލާންކޮށްފައި މިވަނީ އޭނާ އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން އުޅޭކަމުގެ އަޑުތަކެއްވެސް ފެތުރިފައިވާ ދުވަސްވަރެއްގައެވެ.

"އަހަރެން އައިން. އަހަންނަށް ފެނުނު. އަހަރެން ކޮންޓްރޯލްކޮށް ކާމިޔާބު ހޯދިން." އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ކަލްބު ދޫކޮށްލަން އުޅޭކަން އެލްއޭ ގެލެކްސީއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ.

އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއަށް މިހާތަނަށް ކުޅެދިން 53 މެޗުން 52 ލަނޑު ކާމިޔާބުކޮށް 17 އެސިސްޓް ހަދާފައިވެއެވެ. 2018 ވަނަ އަހަރުގެ މާރޗްމަހު އެލްއޭ ގެލެކްސީއާއި ގުޅުނު އިބްރަހިމޮވިޗް އެކްލަބަށް ކުޅުނު ފުރަތަމަ މެޗުގައި ދެލަނޑު ޖަހާފައިވާއިރު، އެމެރިކާގައި ކުޅުނު ފުރަތަމަ ސީޒަން ނިންމާލާފައިވަނީ 22 ލަނޑާއެކުގައެވެ. އަދި އެއަހަރު އެމެރިކާ ލީގުގެ 'އޯލް ސްޓަރ' އެވޯޑާއި، 'މޮޅު 11' އެވޯޑުގެ އިތުރުން ލީގަށް އަލަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް އިބްރަހިމޮވިޗް ޙާސިލްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ