އޭސީ މިލާން އާއެކު އިބްރަހިމޮވިޗް އާ އެއްބަސްވުމަކަށް

ސްވިޑެންގެ ތަރި ޒްލަޓަން އިބްރަހިމޮވިޗް އޭސީ މިލާނާއާއެކު އާ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މީގެ ގާތްގަނޑަކަށް 8 އަހަރު ކުރިން އޭސީ މިލާން ދޫކޮށްދިޔަ އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް އައިސްފައިވަނީ މި ދިޔަޖެނުއަރީ މަހުގެ ޓްރާންސްފާގައެވެ. ޖެނުއަރީ 2 ގައި އޭސީ މިލާނަށް އިބްރަހިމޮވިޗް އެނބުރިއައިސްފައިވަނީ އެމެރިކާގެ އެލްއޭ ގެލެކްސީގައި ދެއަހަރު ހޭދަކުރުމަށްފަހުގައެވެ.

އިބްރަހިމޮވިޗް އޭސީ މިލާނާއާއެކު މިފަހަރު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ބުނީ އޭސީ މިލާނުން އޭނާއާއި މެދު ކަންތައްކުރަމުން އަންނަލެއް ގާތްކަމުން އެހެން ކްލަބެއްގައި އޭނާ ހޭދަކުރިކަން އިޙުސާސްވެސް ނުކުރެވޭކަމަށެވެ. އަދި އޭސީ މިލާނަށް އެނބުރި އައުމުން އަމިއްލައަށް ގެއަށް އައުމުގެ އިޙުސާސް ކުރެވިއްޖެކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު އެނބުރި އޭސީ މިލާނަށް އައިފަހުން އިބްރަހިމޮވިޗްވަނީ އޭސީ މިލާނަށް ކުޅެދިން 20 މެޗުން 11 ލަނޑު ކާމިޔާބުކޮށްފައެވެ. އިޓާލިއަން ސެރީއާގައި ކުޅުނު 18 މެޗުން 10 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ކޮޕާ އިޓާލިއާގައި 1 ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކޮށްފައިވެއެވެ. ނިމުނު ސީޒަންގެ ކޮޕާ އިޓާލިއާގައި އިބްރަހިމޮވިޗް ކުޅެފައިވަނީ އެންމެ ދެ މެޗުގައެވެ.

ނިމުނު ސީޒަން އޭސީ މިލާނުން ނިންމާލާފައިވަނީ ލީގު ހަވަނާގައެވެ. އޭސީ މިލާނަށް ޖުމްލަ 66 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސްއިން ލީގު އުފުލާލާފައިވަނީ 83 ޕޮއިންޓާއެކުގައެވެ.

2010 ކުން 2012 އަށް އޭސީ މިލާންގައި އިބްރަހިމޮވިޗް ހޭދަކޮށްފައިވާއިރު، މިމުއްދަތުގައި ކުޅުނު 85 މެޗުން 56 ލަނޑު އޭސީ މިލާނަށް އޭނާ ކާމިޔާބުކޮށްދީފައިވެއެވެ. އޭސީ މިލާން ދޫކޮށް އޭނާ ދެން ދިޔައީ ޕީއެސްޖީ އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ