ރޭ މެންދަމުގެ ވަގުތުގައި ދިރާގު ހެޑްއޮފީސް ކައިރިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 20 އަހަރުގެ ދިވެހި ޒުވާން ފިރިހެނަކު ރޭ 02:15 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވަނީ މާރާމާރީގެ މައްސަލައަކާ ގުޅިގެން ފުލުހުން އޭނާއާ ސުވާލުކުރުމުން." ފުލުހުން ވިދާޅުވިއެވެ.
މާރާމާރީ އަކާ ގުޅުންހުރި ޒުވާނަކު ފުލުހުން ހައްޔަރުކުރިކަން ހާމަކުރި ނަމަވެސް، އެއީ ކޮން މާރާމާރީއަކާ ގުޅުންހުރި ޒުވާނެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.




