ބައިސްކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ބައިސްކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ތުހުމަކުރެވޭ ބައިސްކަލެއް ހިފައިގެން އުޅުނު މީހަކު ހުއްޓުވައި، އޭނާގެ އަތުން ކަމަށެވެ.

"ލޮޓަސް ބްރޭންޑްގެ މި ބައިސްކަލްގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ބައިސްކަލާ ހަވާލުވެލެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު ދެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ