އީޕީއެލް – ސައުތުހެމްޓަން ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއަލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަދި ސައުތުހެމްޓަން ބަދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ގަދަ ހަތަރަކަށް މެންސެޗްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ.

ޔުނައިޓެޑުން ރަނގަޅަށް ކުޅެމުންދަނިކޮށް ޔުނައިޓެޑް ހައިރާންކޮށްލާ ސައުތުހެމްޓަން ލީޑުނެގީ މެޗުގެ 26 ވަނަ މިނަޓްގައެވެ. މިލަނޑު ސައުތުހެމްޓަންގެ ވަލެރީ ކާމިޔާބުކޮށްދިނީ 25 ޔާޑު ދުރުން ފޮނުވާލި ވަރަށް ހިތްގައިމު ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިންމާލީ ސައުތުހެމްޓަން ލީޑުގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފު ކުޅެން ނިކުމެ ޔުނައިޓެޑްއިން ނަތީ އަނެއްކޮޅަށް އަނބުރާލިއެވެ. ޔުނައިޓެޑުން މެޗުގެ ނަތީޖާ އެއްވަރުކޮށް ލީޑު ނެގީ އެންމެ ހަމިނެޓްގެ ތެރޭގައެވެ. މެޗުގެ 53 ވަނަ މިނަޓްގައި ޕެރޭރާ ދުރުން ފޮނުވާލި ހަމަލާއަކުން މެޗުގެ ނަތީޖާ އެއްވަރު ކުރިއިރު ޔުނައިޓެޑުން ލީޑުނެގީ މެޗުގެ 59 ވަނަ މިނަޓްގައި ލުކާކޫ ޖަހައިދިން ލަނޑަކުންނެވެ.

މިލީޑުގައި ޔުނައިޓެޑް އޮށްވާ ސައުތުހެމްޓަންއިން އިތުރު ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު ޕްރޯސޭ ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުހަމަވާން 2 މިނަޓަށް ވެފައި ވަނިކޮށް ލުކާކޫ ލަނޑެއްޖަހައި މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

މެޗުގައި ލީޑު ފުޅާކުރުމަށް ޔުނައިޓެޑަށް ފުރުޞަތު ލިބިފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ލިބުނު މިޕެނަލްޓީ ގެއްލުވާލީ ޕޮގްބާއެވެ. ޕޮގްބާޖެހި މިޕެނަލްޓީ ދިފާޢުކުރީ ސައުތުހެމްޓަންގެ ކީޕަރު އަންގަސް ގަންއެވެ.

ޕްރިމިއަރ ލީގުގައި ބޯންމައުތު އަދި ސިޓީ ބައްދަލުކުރި މެޗު ނިމުނީ 0-1ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީ ސިޓީގެ މަހްރޭޒްއެވެ. މިމޮޅާއެކު ލިވަޕޫލަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ސިޓީއަށް ތާވަލުގެ އެއްވަނަ ލިބެނީ 71 ޕޮއިންޓާއެކުގައެވެ. ދެވަނަގައި ލިވަޕޫލް 69 ޕޮއިންޓާއެކު އޮތްއިރު މިރޭ އެވަޓަންއާ ދެކޮޅަށް ކުޅޭމެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ ކުރިންވެސް އޮތްގޮތަށް އެއްޕޮއިންޓްގެ ފަރަގަކާއެކު ތާވަލްގެ އެއްވަނައަށް ލިވަޕޫލަށް އެރޭނެއެވެ.

ތާވަލުގެ ތިންވަނައިގައި ޓޮޓޭންހާމް 61 ޕޮއިންޓާއެކު އޮތްއިރު ރޭ ކުޅުނު މެޗުން މޮޅުވެ ޔުނައިޓެޑްވަނީ އާސެނަލް ވައްޓާލުމަށްފަހު ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 58 ޕޮއިންޓެވެ. ރޭ ކުޅުނު މެޗުން އެއްވަރު ތާވަލުގެ ފަސްވަނައަށް އާސެނަލް ވެއްޓުނުއިރު ލިބިފައިވަނީ 57 ޕޮއިންޓެވެ. އަދި ތާވަލުގެ ހަވަނައިގައި ޗެލްސީ އޮތީ 53 ޕޮއިންޓާއެކުގައެވެ. ޗެލްސީ މެޗުކުޅެފައިވަނީ އެހެން ޓީމުތަކަށްވުރެ މަދުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް