ފާދިއްޕޮޅު ކައުންސިލްތަކުގެ އަހަރީ މަހާސިންތާ ނިންމާލައިފި

ފާދިއްޕޮޅު ކައުންސިލްތަކުގެ މެދުގައި ތަޖުރިބާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވުނު ފާދިއްޕޮޅު ކައުންސިލްތަކުގެ މަހާސިންތާ 2019 ކާމިޔާބު ކަމާއިއެކު ނިންމާލާފިއެވެ.

ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުގެ މަންދޫބުން ބައިވެރިވި މި މަހާސިންތާ ބާއްވާފައިވަނީ 01 މާރިޗު 2019 އިން 02 މާރިޗު 2019 އަށް ފާދިއްޕޮޅު ނައިފަރު ގައެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލުން ވިދާޅުވީ، މި މަހާސިންތާއަކީ މައިގަނޑު މަޤްޞަދަކީ އުފެއްދުންތެރި އާ ޚިޔާލުތައް ވުޖޫދުކުރުމާއި، އިދާރީ ފޯރމެޓްތަކާ ޑޮކިޔުމެންޓް ނަމޫނާތައް ކައުންސިލްތަކިގެ މެދުގައި ހިއްސާކުރުމާއި، އެކި ކައުންސިލްތަކުގައި މަސައްކަތްކުރާ ވައްޓަފާޅި އެއްބަޔަކު އަނެއް ބަޔަކާއި ހިއްސާކުރުން ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ، އެއްބަޔަކު އަނެއްބަޔަކަށް އެނގޭ ދެކިފަރިތަ ބަޔަކަށް ވުމުގެ ފުރުޞަތު ދިނުމާއި، އިދާރީ މަސައްކަތްތަކުގައި އެއް ކައުންސިލްގެ ހުނަރާއި ވަޞީލަތްތަކުގެ ބޭނުން އެހެން ކައުންސިލްތަކަށް ހޯދޭނޭ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމާއި، ޚިދްމަތް ދިނުމާއި ޤަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ ދެމެދުގައިހުރި ތަފާތުތައް ކުޑަކުރުމަކީވެސް މި މަހާސިންތާގެ މަޤްޞަދުތައް ކަމުގައި ފާދިއްޕޮޅު އަތޮޅު ކައުންސިލުން ވިދާޅުވިއެވެ.

ގިނަ ކަންތައްތަކަކާ މެދުގައި މަޝްވަރާ ކުރެވުނު މި މަހާސިންތާގެ ތެރެއިން، ކައުންސިލުތަކުގައިވާ އެންމެ ދެރަ އަދި އުނިސިފަތަކާއި މެދުގައިވެސް ބައްދަލުވުގެ ބައިވެރިން މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްފައިވެއެވެ. މިއާއެކު އެއްކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަހާސިންތާގެ ބައިވެރިން ޚިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ މެންބަރު މުޙައްމަދު ޙުސައިން ފެސިލިޓޭޓްކޮށްދެއްވި މި މަހާސިންތާގައި ފާދިއްޕޮޅުގެ ހުރިހާ ކައުންސިލަކުން ޖުމްލަ 18 މަންދޫބުން ބައިވެރިވެފައި ވެއެވެ. މިއީ ފާދިއްޕޮޅު އަތޮޅު ކައުންސިލުން އިންތިޒާމްކުރި މިފަދަ ފުރަތަމަ މަހާސިންތާއެވެ. މީގެ ދެވަނަ މަހާސިންތާއެއް 2020 ގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ