މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓު ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށައެޅި ކައުންސިލްތަކުގެ ނަންތައް އާންމުކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދާއާއި 109 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް، 2020 ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭ އަށް ފޮނުއްވާފައި ވަނީ 3 ސިޓީ ކައުންސިލުންނާއި 15 އަތޮޅު ކައުންސިލެވެ.
2020 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް 79 ރަށު ކައުންސިލަކުން އަތޮޅު ކައުންސިލަށް ރިޕޯޓް ފޮނުއްވާފައިވާކަމަށް އެލްޖީއޭ އިން ވަނީ ވިދާޅުވެފައެވެ.
މުއްދަތުގެ ތެރޭގައި ރިޕޯޓު ހުށައެޅި ކައުންސިލްތައް
ސިޓީ ކައުންސިލްތައް:
1. މާލެ ސިޓީ ކައުންސިލް
2 އައްޑޫ ސިޓީ ކައުންސިލް
3. ފުވައްމުލަކު ސިޓީ ކައުންސިލް
އަތޮޅު ކައުންސިލްތައް:
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް، މިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް، މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް، ފާދިއްޕޮޅު އަތޮޅު ކައުންސިލް، މާލެއަތޮޅު އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް، ފެލިދެއަތޮޅު އަތޮޅު ކައުންސިލް، މުލަކަތޮޅު އަތޮޅު ކައުންސިލް، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް، ކޮޅުމަޑުލު އަތޮޅު ކައުންސިލް، ހައްދުންމަތީ އަތޮޅު ކައުންސިލް އަދި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލެވެ.
ރަށު ކައުންސިލްތައް:
1. ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް
2. ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް
3. ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް
4. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް
5. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލް
6. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް
7. ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލް
8. ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް
9. ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް
10. ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލް
11. ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލް
12. ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލް
13. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލް
14. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް
15. ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލް
16. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް
17. ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް
18. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް
19. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް
20. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް
21. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް
22. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް
23 މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް
24. މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް
25. މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލް
26. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލް
27. މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް
28. މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް
29. މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް
30. މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް
31. މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް
32. މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް
33. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލް
34. މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް
35. މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް
36. މާޅޮސްމަޑުލު އުތުރުބުރީ މިދޫ ކައުންސިލް
37. މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް
38. މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް
39. މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލް
40. މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލް
41. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް
42. މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލް
43. މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް
44. މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް
45. ފާދިއްޕޮޅު ކުރެންދޫ ކައުންސިލް
46. ފާދިއްޕޮޅު ހިންނަވަރު ކައުންސިލް
47. މާލެއަތޮޅު ކާށިދޫ ކައުންސިލް
48. މާލެއަތޮޅު ގާފަރު ކައުންސިލް
49. މާލެއަތޮޅު ހުރާ ކައުންސިލް
50. މާލެއަތޮޅު ހިންމަފުށީ ކައުންސިލް
51. މާލެއަތޮޅު ގުރައިދޫ ކައުންސިލް
52. އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލް
53. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
54 އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލް
55. އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލް
56. އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލް
57. އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލް
58. ފެލިދެއަތޮޅު ފެލިދޫ ކައުންސިލް
59. މުލަކަތޮޅު ކޮޅުފުށީ ކައުންސިލް
60. މުލަކަތޮޅު ދިއްގަރު ކައުންސިލް
61. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް
62. ކޮޅުމަޑުލު މަޑިފުށީ ކައުންސިލް
63. ކޮޅުމަޑުލު ކިނބިދޫ ކައުންސިލް
64. ކޮޅުމަޑުލު އޮމަދޫ ކައުންސި
65. ހައްދުންމަތީ އިސްދޫ ކައުންސިލް
66. ހައްދުންމަތީ ކަލައިދޫ ކައުންސިލް
67. ހައްދުންމަތީ ދަނބިދޫ ކައުންސިލް
68. ހައްދުންމަތީ މުންޑޫ ކައުންސިލް
69. ހައްދުންމަތީ މާވަށު ކައުންސިލް
70. ހައްދުންމަތީ ފޮނަދޫ ކައުންސިލް
71. ހައްދުންމަތީ މާމެންދޫ ކައުންސިލް
72. ހައްދުންމަތީ ހިތަދޫ ކައުންސިލް
73. ހައްދުންމަތީ ކުނަހަންދޫ ކައުންސިލް
74. ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް
75. ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް
76. ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް
77. ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލް
78. ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލް
79. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް
މި ކައުންސިލް ތަކުން އެކައުންސިލް ތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެލްޖީއޭ އިން ވަނީ އެކައުންސިލް ތަކަށް މަރުހަބާ ދަންނަވާފައެވެ.



