9 ވަނަ ފިލްމް އެވޯޑް: އެންމެ މޮޅު ފިލްމަކަށް "ވިޝްކާ"

9 ވަނަ ފިލްމް އެވޯޑް ގެ އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވިއްޖެއެވެ. ވިޝްކާ އަށް މި އެވޯޑް ލިބިފައިވަނީ ބައިވެރިކުރި 12 ފިލްމުގެ ތެރެއިންނެވެ.

އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވުނުއިރު އެ ފިލްމާ އެންމެ ގާތުން ވާދަކުރީ ދެވަންސޫރަ، އިލް ނޮއިސް ހައްދު އަދި ވަކިން ލޯބިން އެވެ.

ވިޝްކާ އަކީ ދިވެހި މުޖުތަމައުގައި ހިނގާ ސިޔާސީ ކަންތައްތަކާއި މާރާމާރީތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަދި މި ފިލްމުގައި ލޯތްބާއި ނަފްރަތުފަދަ އެކި ތަފާތު ރަހަތައް ހިމެނެއެވެ.

މިރޭ ކުރިއަށްދިޔަ ހަފްލާގައި ފިލްމު "ވިޝްކާ"އިންވަނީ ތަފާތު ގިނަ އެތައް އެވޯޑެއް ހާސިލްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ