މެސީ އެނބުރިއައިސް ބްރެޒިލް ބަލިކޮށްފި

ތިން މަސްދުވަހުގެ ސަސްޕެންޝަންއަކަށްފަހު އެނބުރި އާޖެންޓީނާގެ ޤައުމީ ޓީމަށްއައިސް ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާއެކު އާޖެންޓީނާއިން ވާދަވެރި ބްރެޒިލް ބަލިކޮށްފިއެވެ.

ސައުދީ އެރޭބިއާގައި ކުޅެވުނު މިމެޗު އާޖެންޓީނާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ހަމައެކަނި މެޗުގެ 13 ވަނަ މިނަޓްގައި މެސީ ކާމިޔާބުކޮށްދިން އިރު، މިލަނޑަކީ މެސީ ފޮނުވާލި ޕެނަލްޓީ ކީޕަރ އެލިސަން ދިފާޢުކުރި ވަގުތު ރިބައުންސްވި ބޯޅައިން މެސީ ޖެހި ލަނޑެކެވެ.

އާޖެންޓީނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދި މިމެޗުގައި ބްރެޒިލްއަށް ޕެނަލްޓީއެއްވަނީ ލިބިގެން ގޮސްފައެވެ. ގެބްރިއަލް ޖީސޫސް ފޮނުވާލި މިޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ރޭކުޅުވެނު ރަޙްމަތްތެރިކަމުގެ މިމެޗުގައި އަނިޔާގެ ސަބަބުން ބްރެޒިލް ތަރި ނޭމާ ކުޅެފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެސީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ރީނދޫ ކާޑު ނުދެއްކުމުން، ބްރެޒިލްގެ ކޯޗު ޓީޓޭ ޝަކުވާ ކުރިތައް ވަނީ ފެނިގެން ގޮސްފައެވެ. އަދި މެސީ ޙަރަކާތުން ޓީޓޭއަށް އަނގަމަޑުކުރުމަށް ބުނާތަށްވެސް ރޭގެ މެޗުގައި ކެމެރާތަކަށްވަނީ އަރާފައެވެ.

ރޭގެ މެޗުން މޮޅުވެ އާޖެންޓީނާއެކު ތައްޓެއް އުފުލާލުމުގެ ޝަރަފު މެސީއަށްވަނީ ލިބިގެން ގޮސްފައެވެ. 'ސުޕަރ ކްލެސިކްސް އޮފް ދަ އެމެރިކާސް' ގެ ނަމުގައި ބްރެޒިލް އަދި އާޖެންޓީނާއައ ދެމެދު ކުޅޭ މިމެޗަކީ ރަޙްމަތްތެރިކަމުގެ މެޗެކެވެ. މިމެޗު ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ. މިހާތަނަށް ފަސް ފަހަރު މިމެޗު ކުޅެފައިވާއިރު، އޭގެތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައިވަނީ ބްރެޒިލްއެވެ.

މިއަހަރު ކުޅެވުނު ކޮޕާ އެމެރިކާގައި މެސީ ކޮންމެބޯލްއަށް ކޮރަޕްޝަންގެ ތުޙުމަތުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ތިން މަހުގެ ސަސްޕެންޝަނަކާއެކު 1500 އެމެރިކާ ޑޮލަރުގެ ޖޫރުމަނާއެއްވެސް އޭނާއަށްވަނީ އައިސްފައެވެ.

ބްރެޒިލްގައި މިއަހަރު ކުޅެވުނު ކޮޕާ އެމެރިކާގައި ކޮރަޕްޝަން ހިމެނޭކަމަށް ތުޙުމަތުކުރި މެސީވަނީ އެމުބާރާތަކީ ބްރެޒިލްއަށް ސެޓްކޮށްގެން ކުޅެމުން އަންނަ މުބާރާތެއްކަން ޝައްކުނުވާވަރަށް އެނގޭކަމަށްވެސް ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ