ގެސްޓުން އޮރިޔާމުން އުޅޭ ވާހަކަ ދެއްކީމަ ބައެއް ބޭފުޅުން ކޯފާ އިސްކުރައްވާކަމަށް ވިދާޅުވެ އިސްލާމްދީނާ ދުރު ވާހަކަތައް ދައްކަވާފައިވާ އިބްރާހީމް އިސްމާޢީލްއަށް ޝައިޚް ޒައިދު ރައްދު ދެއްވައިފިއެވެ.
ޝައިޚް ޒައިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޭގޭގެ ވަކި ކޮޓަރީގައި ގެސްޓުން ގެންގުޅެެވޭނެ ގޮތަށް ހަދަން ބަޔަކު މަސައްކަތް ކުރާއިރު، ސިޓިންގރޫމްގައި މައިން ބަފައިނާއި ދަރިން ތިބޭއިރު، ގޭގައި ބިކިނީ ލައިގެން ފަތުރުވެރިން އުޅުން ކަމުނުދާ ކަމަށާއި، ލަދު ހަޔާތް ކަނޑުވަން އުޅުމަކީ ޖަރީމާއެއް ކަމަށެވެ.
Geygey vaki kotri thakugai guest in gen gulheyiru bikini laigen guestun oriyaamun sitting room ah nukunnairu, sitting room soafa gai bappayaa mammayaa dharinnaa. Kihaa thaahiru manzarakah vaane thoo?! Subhaanallahi! Enmen ge ladhu hayaai kanduvan ulhumee jareemaa eh!
— Ali Zaid (@alizaid1000) March 1, 2019
ޝައިޚް ޒައިދުގެ މިވާހަކަތަކަށް ރައްދު ދެއްވައި އިބްރާހީމް އިސްމާއީލް (އިބްރާ) ބުނެފައިވަނީ، ދޮން ފަރަންޖީންވެސް ބިކިނީ ލައިގެން ތިބެނީ ސިޓީންގ ރޫމްގައި ނޫން ކަމަށާއި އެމީހުން އެގޮތަށް ތިބޭނީ ބީޗްގައި ކަމަށެވެ.
Mauloomaathattakai dhannavan. Dhon faranjee kaafarunves bikini laigen thibenee beach ga. Sitting roomaku noon. https://t.co/ATW2vxpnem
— Ibra - Unapologetically for Justice (@ibramandhu) March 1, 2019
"އަޅުގަނޑު ގެސްޓުން އޮރިޔާމުން އުޅޭ ވާހަކަ ބުނާއިރަށް ބައެއް ބޭފުޅުން ހާދަ ކޯފާ އިސްވެޔޭ! ބައްލަވާ މީސް މީހުން އެއޮއް ލަނީ ފޮޓޯތައް. ރަށްރަށުގައި ރޯ އޮރިޔާމުން ބައިސްކަލް ދުއްވާތަނާއި، ބީޗްތަކުގައި ތިބިތަން." ޝައިޚް ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޝައިޚް ޒައިދު ވިދާޅުވީ، އެފަދަ މަންޒަރުތައް ނުފެންނަ ކަމަށް ބައެއް މީހުން ހަދަނީ ބޭރު ފައިސާއަށްޓަކައި ކަމަށެވެ.
Alhugandu guestun oriyaamun ulhey vaahaka bunaa irah baeh beyfulhun haadha koafaa isve yey! Ballavaa! Mees meehun eoh lanee photo thah. rah rashuga ekkala guestun roa oriyaamun bicycle dhuhvaathanaa beach thakuga thibi than. Ekamves baeh meehun $ ah takai nufenna kamah hadhaigen!
— Ali Zaid (@alizaid1000) March 3, 2019
ދިވެހިރާއްޖެއަށް ގެސްޓްހައުސް ވިޔަފާރި އާއްމުވަމުންދާއިރު، ހަރުދަނާ އުޞޫލުތަކަކަށް ކަންކަން ބައްޓަން ކުރެވޭތަނެއް ނުފެނެއެވެ. ވަކިން ޚާއްޞަކޮށް އާއްމުންގެ ތެރޭގައާއި، ބީޗްތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުން ހެދުން އެޅުން މިވަނީ އާއްމުވެފައެވެ.