އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

މިޝަން ކާމިޔާބު ވެއްޖެ، ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު އަދީބު ޔާމީނަށް

ރާއްޖެ ޓީވީ ރޯކޮށްލި ދުވަހު، މިޝަން ކާމިޔާބު ވެއްޖެކަމަށްބުނެ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މެސެޖް ކުރެއްވި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓަށް ދެއްވި ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ނާޒިމްގެ ބަޔާނުގައިވަނީ، ރާއްޖެ ޓީވީގައި ރޯކޮށްލި ދުވަހު ރައީސް ޔާމީން ގޭގައި ތާސް ކުޅުއްވަން އިންނަވަނިކޮށް ފޯނަށް މެސެޖެއް އައި ކަމަށާއި ނަމަވެސް އައިނު ނާޅުއްވައި އެ މެސެޖު ރައީސް ޔާމީންއަށް ނުކިޔޭނެތީ ނާޒިމް އަތަށް އެ މެސެޖު ކިޔަން ފޯނު ދެއްވި ކަމަށެވެ. އަދި އެމެސެޖު ކުރެއްވީ އަދީބު ކަމަށާއި މެސެޖުގައި އޮތީ މިޝަން އެކޮމްޕްލިޝް ކަމަށްވެސް ނާޒިމްގެ ބަޔާނުގައި ވެއެވެ.

އަދި އެދުވަހު ރާއްޖެ ޓީވީގައި ރޯކޮށްލައިގެން އުޅޭކަން ފަހުން އެނގުމުން، އެ މެސެޖަކީ އެކަމާ ގުޅޭގޮތުން ފޮނުވި އެއްޗެއްކަން ފަހުން އެނގުނުކަމަށްވެސް ނާޒިމްގެ ވިދާޅުވެފައިވެއެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލީ އޮކްޓޯބަރު 7، 2013 ގަ އެވެ.

ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި ރޯކޮށްލި މައްސަލައިގައި ހަތް މީހަކާއި ކުޑަ ކުއްޖަކު ހައްޔަރު ކުރި ނަމަވެސް އެ މައްސަލައިގައި މިހާރު ދައުވާ ކުރަނީ އެންމެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަދިވެސް ނުނިމެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

3 Responses

  1. އަހަންމާ

    ރާއްޖެ ޓިވީ ރޯކޮށްލީ ދަންވަރު ގަޑިގަ!!! އެގަޑީގަ އެކަން ނޭގޭ މިހަކު ނުހުންނާނެ..

  2. އައްޔު

    ހައްހައް ދެން ވަރަށް ކާޓޫނު ޔާމީން އަށް އައިނު ނާޅާ ކިޔަންނޭނގޭތީއޭ ބުނީމާ ޑްރާމާ ސީރީސް ފެށުނީ ދުރުދުރުން ގުޅުވަމުން ގުޅުވަމުން ޔާމީނު ފަހަތުން ދެން ސީރީސް ނިމުނީމާ އިނގޭނީ

    1
    1
  3. މޯޑު

    ކޮންމެހެން ދޮގުތަކެއް ހަދައިގެން މީހުންގެ ބޮލުގަ ދޮގު ތުހުމަތު އަޅުވާނެކަމެއް ނެތް، މި ބައިގަނޑު ގެ ކަމަކީ ފެށުނީއްސުރެންވެސް މީހުންގެ އަބުރު ކަތިލާފަ ހުޅު ރޯކުރުން.!!

    6
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ