ނޭމާއަކީ އަބަދުވެސް ބާސެލޯނާގެ އޮޕްޝަނެއް

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ބާސެލޯނާއަށް ގެންނަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް އެކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބީދާލް ބުނެފިއެވެ.

ނޭމާ އެނބުރި ބާސެލޯނާއަށް ގެންނަން އެކްލަބުން މިދިޔަ ހޫނު މޫސުމު ވަރަށް މަސައްކަތްކުރި ނަމަވެސް އެހުރިހާ މަސައްކަތެއްވެސް ކާމިޔާބުވާގޮތްވަނީ ނުވެފައެވެ. ބާސެލޯނާއިން ހުށަހެޅު ހުރިހާ ހުށަހެޅުމަކަށްވެސް ޕީއެސްޖީންވަނީ ނޫނެކޭ ބުނެފައެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާގެ މިބަދަލަކީ މެސީގެ ހިޔަނިން ސަލާމަތްވުމަށް ނޭމާ އެޅި ފިޔަވަޅެއްކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ. އެހެންނަމަވެސް ޕީއެސްޖީ ބަދަލުވިފަހުން ނޭމާ ބޭނުންވާފަދަ މޮޅު ކުޅުމެއް އޭނާއަށް ދެއްކިފައިނުވާއިރު ދުނިޔޭގެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ލިސްޓުންވެސް މިފަހަކަށްއައިސް ނޭމާއަށް ޖާގައެއް ލިބިފައެއްނުވެއެވެ.

"ނޭމާއަށް ބާސެލޯނާގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭނެ. އޭނާއަކީ އަބަދުވެސް އަހަރެމެންގެ އޮޕްޝަންއެއް. އެހެންނަމަވެސް ބާސެލޯނާގެ ފުރަތަމަ އޮޕްޝަންއަކީ ނޭމާއެކޭ ނުބުނާނަން." އަބީދާލް ބުންޏެވެ.

މީގެއިތުރުން އަބީދާލް ބުނީ، ކްލަބުގެ މާލީ ޙާލަތަށް ބަލާއިރު، ބައެއްކަންތައްތައް ފަސޭޙައިން ވީނަމަވެސް އަނެއްބައި ކަންތައްތަކަކީ ކިތަށްމެ ބޭނުންވިނަމަވެސް ނުކުރެވޭނެ ކަންތައްތަކެވެ.

އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ބާސެލޯނާއާއި ދެމެދު އާ އެއްބަސްވުމެއްގެ ވާހަކަ މިހާރުވެސް ދެކެވެމުންދާކަމަށްވެސް އަބީދާލްވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ