ޤައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން 99 ވަނަ ލަނޑާއެކު ޕޯޗުގަލް ޔޫރޯ 20202 އަށް ކޮލިފައިވެއްޖެއެވެ.
ލަކްސެމްބާގުގައި ކުޅެވުނު މިމެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ބްރޫނޯ ފަނަންޑޭސް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 39 ވަނަ މިނަޓްގައެވެ. ޕޯޗުގަލްގެ ދެވަނަ ލަނޑު ގޯލްގެ ރޮނގުމަތިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު، މިއީ ރޮނާލްޑޯ ޕޯޗުގަލް ޤައުމީޓީމަށް ކާމިޔާބުކޮށްދިން 99 ވަނަ ލަނޑެކެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯވަނީ މިހާތަނަށް ޕޯޗުގަލް ޤައުމީ ޓީމަށް 164 މެޗު ކުޅެދީފައެވެ. ޤައުމީޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި ރޮނާލްޑޯއޮތްއިރު، 109 ލަނޑާއެކު މިލިސްޓްގެ އެއްވަނާގައި އޮތީ އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ.
ފަސް ފަހަރު ބެލެންޑޯ ކާމިޔާބުކޮށްފައިވާނ ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ.
ކޮލިފައިންގައި ލިބުނު ޖުމްލަ 17 ޕޮއިންޓާއެކު ގްރޫޕް ބީ ގެ ދެވަނާގައި ޕޯޗުގަލްއޮތްއިރު، 20 ޕޮއިންޓާއެކު މިގްރޫޕްގެ އެއްވަނާގައި އޮތީ ޔޫކްރެއިންއެވެ.



