ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް - ފޮޓޯ: އަވަސް

ޝިފާޒް ހައްޔަރެއް ނުކުރަން - ފުލުހުން

ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ހައްޔަރުކޮށްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަޤާމު ދިފާއު ކުރައްވަން ނުކުމެވަޑައިގެން ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ރޭ ފުލުހަށް ހާޟިރުކޮށް ހައްޔަރުކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރުނެވެ.

ފުލުހުން ވިދާޅުވީ، މިނިސްޓަރ ޝިފާޒް ފުލުހަށް ހާޟިރުކޮށްފައި ނުވާނެ ކަމަށާއި، އަދި ހައްޔަރުކޮށްފައިވެސް ނުވާނެ ކަމަށެވެ.

"މިނިސްޓަރ ޝިފާޒް ރޭ ފުލުހަށް ހާޟިރުކޮށްފައެއްވެސް އަދި ހައްޔަރުކޮށްފައިވެސް ނުވާކަން ދަންނަވަން." ފުލުހުން ދާދި ދެންމެ ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަމަށް ޝިފާޒްއާއި ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ