ފަހު ވަގުތު ކާމިޔާބުކޮށްދިން ލަނޑާއެކު މެސީ އާޖެންޓީނާ ސަލާމަތްކޮށްދީފި

ފަހު ވަގުތު ކާމިޔާބުކޮށްދިން ލަނޑާއެކު މެސީ އާޖެންޓީނާ ސަލާމަތްކޮށްދީފިއެވެ.

އިޒްރާއީލްގެ ބްލޫމްފީލްޑްގައި އުރުގުއާއީ ދެކޮޅަށް އާޖެންޓީނާ ކުޅުނު މިމެޗުގައި 2-1 ގެ ނަތީޖާއަކުން އުރުގުއާއީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގައި ލިބުނު ޕެންލާޓިއެއް ކާމިޔާބުކޮށް މެސީވަނީ މެޗުގެ ނަތީޖާ ފަހު ވަގުތު ހަމަހަމަ ކޮށްދީފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރަޙްމަތްތެރިކަމުގެ މިމެޗުގެ ފުރަތަމަ ލަނޑު އުރުގުއާއީން ކާމިޔާބުކޮށްފައިވާއިރު، 34 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީއެވެ. މިއީ ކަވާނީ އުރުގާއާއިއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. މިނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އުރުގުއާއި ކުރީގައި އޮވެގެންނެވެ.

މުޅިން އާ ހިތްވަރަކާއެކު ދެވަނަ ހަފަށް ނުކުމެ އާޖެންޓީނާއިން މެޗުގެ ނަތީޖާވަނީ ހަމަހަމަކޮށްފައެވެ. 63 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ބޮލުން ސާޖިއޯ އަގުއޭރޯ ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން މެސީ ދިން ހުރަހަކުންނެވެ.

އެހެންނަމަވެސް އޭގެ ފަސް މިނަޓްފަހުން ހިތްގައިމު ހިލޭ ޖެހުމަކުން ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑަކާއެކު އުރުގުއާއީވަނީ އަލުން ލީޑަށް އައިސްފައެވެ.

ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެންދިޔަ މިމެޗު ނިމިގެން ގޮސްފައިވަނީ މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި ޕެނަލްޓީއަކާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ