އައްޑޫ ސިޓީ ހިތަދޫ މަސް ފެކްޓަރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ އަނދަމުން އެބަދެއެވެ.
އެ މަސްފެކްޓަރީ ވަރަށް ބޮޑަށް އަނދަމުންދާ އިރު، އަލިފާން ނިއްވުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިން ބުނެފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ 17:53 ގައެވެ.

އައްޑޫ މަސް ފެކްޓަރީގައި އަލިފާން ހިފަން މެދުވެރިވި ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަށްވެސް ރިޕޯޓް ކޮށްފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަނދަމުންދިޔަ އަލިފާންގަނޑު ކޮންޓްރޯލްކޮށް، ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ 19:31 ގައެވެ.
އެމްއެންޑީއެފް ދަނީ މި ހާދިސާގައި ލިބުނު ގެއްލުންތައް އިތުރަށް ބަލަމުންނެވެ.