އައިޖީއެމްއެޗް ކައިރިން ބައިސްކަލެއް ވަގަށް ނެގި ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ، ބައިސްކަލެއް ވަގަށްނެގި 51 އަހަރުގެ ދިވެހި ފިރެހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ. އަދި މިމީހާ ފުލުހުންގެ ހައްޔަރުކޮށްފައިވަނީ މިރޭ 19:44 ހާއިރު ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ފުލުހުން ކަމަށެވެ.
IGMH kairin bicycle eh vagah negi 51 aharuge firihenaku fuluhunge belumuge dhashah genesfaivey. Mi meehaa hayyaru koffaivanee mirey 19:44 ehaakanhaairu patrol kuramun dhiya #MaafannuPolice ge fuluhun. pic.twitter.com/m3Y47yOX5k
— Maldives Police (@PoliceMv) November 19, 2019
މިމައްސަލައިގައި ފުލުހުންވަނީ ވަގަށްނެގި ބައިސްކަލްވެސް ހޯދައިފައެވެ.
ވައްކަމުގެ މައްސަލަތައް އާންމުވަމުން އަންނަ މިފަދަ ދަނޑިވަޅުތަކުގައި ފުލުހުން އަންނަނީ މީހުން ގެންގުޅޭ އަގުބޮޑެތި ތަކެތި ރައްކާތެރިކަންމަތީ ބެހެއްޓުމަށް އިލްތިމާޒް ކުރަމުންނެވެ.



