ނާޠިމް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ.މާލެ/ދަފްތަރު ނަމްބަރު:3701، އަޙްމަދު ނާޠިމް (51އ) ކަމަށެވެ.

"އަޙްމަދު ނާޠިމް ހޯދަމުންދަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ލިޔެކިޔުމަށް ބަދަލު ގެނެސްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް." ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ނާޒިމްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ