ހެންވޭރު ގެއެއްގެ ހަތަރުވަން ފަންގިފިލާއިން ޚާއްސައެހީއަށް ބޭނުންވާ ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހެންވޭރު ވައިޖެހޭމަގުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ޙާއްޞައެހީއަށް ބޭނުންވާ ކުއްޖަކު މަގުމައްޗަށް ވެއްޓިގެން މިއަދު މެންދުރުފަހު 14:28 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އިމާރާތުން ވެއްޓިފައިވަނީ ޙާއްޞައެހީއަށް ބޭނުންވާ ފަސް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"މިހާދިސާއާއި ގުޅިގެން ވެއްޓުނު ކުއްޖާ މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.





ހިޔާލު
Sidhaathaa kuvverei nuveybaa