އަޙްމަދު ނިހާން ހުސައިން މަނިކު - ފޮޓޯ: ވަގުތު

މަޑު މަޑުން ސެކިއުލަރ ދައުލަތަކާ ދިމާ އަށް މިސްރާބު ޖަހައިފި - ނިހާން

މަޑު މަޑުން ސެކިއުލަރ ދައުލަތަކާ ދިމާ އަށް މިސްރާބު ޖަހައިފި ކަމަށް ކުރީގެ މަޖިލީހުގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެފައިމިވަނީ ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓާއި ގުޅުވައި ސަލަފް ޖަމިއްޔާ އަކީ ޓެރަރިޒަމަށް ހިއްވަރުދޭ ޖަމަޢަތެއްކަމަށް ވިދާޅުވެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ މަސައްކަތްތައް ކޮމެޓީގައި ކުރިޔަށް ދާ ދަނޑިވަޅެއްގައެވެ. މަޖިލިސްގައި ބައެއް މެންބަރުންވެސް ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލައިފައެވެ.

ނިހާން ވިދަޅުވީ މަޑު މަޑުން ސެކިއުލަރ ދައުލަތަކާ ދިމާ އަށް މިސްރާބު ޖަހަިއިފިކަމަށާއި ގިޔަރު ބަދަލު ކުރުމުގެ ކުރިން މުސްލިމް ދިވެހި ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ. "ހުރި ހިތާމައެއްގެ ބޮޑުކަމާ" ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ ބައެއް ޢިލްމުވެރިން ނޭނގިތިބެ ނަމަވެސް ސެކިއުލަރިޓުންނާ ބައިއަތު ހިފުމާގުޅިގެން ހިތާމަކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ޢިލްމުވެރިންނެއްކަމެއް ނިހާން ހާމަ ކުރައްވާފައެއްނުވެއެވެ.

ސަލަފް ޖަމިއްޔާއަށް ނިސްބަތްކޮށް ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެ ޖަމިއްޔާއިން އެކަން ދޮގުކޮށް ނޫސްބަޔާނެއްނެރެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ އެޖަމިއްޔާ އުވާލުމަށް ކުރަމުންދާ މަސައްކަތް ކުއްވެރިކޮށް ނޫސްބަޔާނެއް ނެރުއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ